%20(1).jpg?w=3840&q=75)

.jpg?w=3840&q=75)



.jpeg?w=3840&q=75)


މެންބަރު ޝުޖާއު ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ | ޕީއެންސީ
ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި އެމަނިކުފާނު ގިނަ ވަގުތު ހޭދަކުރެއްވީ މުނިފޫހިފިލުވުމުގެ ކުޅިވަރުތަކުގައި ކަމަށާއި، ދައުލަތުގެ ކަންކަން ހިންގުމުގެ މައި މަރުކަޒަކީ އޭރުގެ ހައުސިންގ މިނިސްޓްރީ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ޔާމީންގެ ވެރިކަމުގައި ރަށްރަށުގެ ތަރައްގީއާ ގުޅޭ ކަންކަމުގައި ކައުންސިލްތަކަށް ރައީސާ ސީދާ މުއާމަލާތް ކުރުމުގެ ފުރުސަތެއް ނޯވެއެވެ. އޭގެ ބަދަލުގައި ހުރިހާ ކަމެއްގައިވެސް އޭރުގެ މިނިސްޓަރު ޑރ. މުއިއްޒާ މަޝްވަރާކުރުމަށް ރައީސް ޔާމީން އިރުޝާދު ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މުޅި ދައުލަތުގެ ނިޒާމު ހަރަކާތްތެރިވަމުން ދިޔައީ ހައުސިންގ މިނިސްޓްރީގެ ތެރެއިން ކަމަށްވެސް ޝުޖާއު ސިފަކުރެއްވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ މިއީ ހަގީގަތާ އެއްގޮތަށް ދައްކަވާ ވާހަކަތަކެއް ކަމަށާއި، ޕާޓީގެ އިސް ލީޑަރުންނަށް މިކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ހައުސިންގ މިނިސްޓްރީގެ ދަށުން ހުއްޓުމެއް ނެތި ކުރިއަށްދިޔަ އިރު، ޔާމީންގެ ވެރިކަމުގެ ކާމިޔާބީގެ އަސްލަކީ ޕީއެންސީގެ މިހާރުގެ ލީޑަރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އޭރު ސިޔާސީ ޕާޓީގެ ހަރަކާތްތައް ހިންގުމުގެ ބަދަލުގައި ބޮޑަށް އިސްކަންދިނީ 'މެޑަމް އޮފީސް' ހިންގުމަށް ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޝުޖާއުގެ މި ވާހަކަތަކާ ގުޅިގެން، އޭރު ހިނގި ކަންކަމުގައި މިހާރުގެ ރައީސްގެ ދައުރާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ.
%20(1).jpg?w=3840&q=75)


.jpg?w=3840&q=75)
%20(1).jpg?w=3840&q=75)

.jpg?w=3840&q=75)

