
ފޮޓޯ: އެމްއެންޔޫ
ފަހި ދުވަހުގެ ހަރަކާތްތައް މި މަހުގެ 11 އަދި 12 ވަނަ ދުވަހު ކުރިއަށް ދާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ހާމަކޮށްފިއެވެ.
މިއީ ޤައުމީ ޔުނިވަރސިޓީން ކުރިއަށް ގެންދާ ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީ ކޯސްތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށް ދިނުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތް، ޔުނިވަރސިޓީގެ އިދާރީ ކެމްޕަހުގައި ކުރިއަށް ގެންދާނީ މި މަހުގެ 11އަދި 12 ވަނަ ދުވަހުގެ ހަވީރު 4އިން ރޭގަނޑު 10އަށެވެ. އަދި މި ހަރަކާތުގައި އެ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި ޔުނިވަރިސިޓީގެ ކޯސްތަކަށް ވަންނަން ފޯމު ބަލައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، ކުރީ އަހަރުތަކޭ އެއްގޮތަށް މި އަހަރުވެސް ކެރިއަރގައިޑެންސާއި ސްކޮލަރޝިޕް ފުރުޞަތުތަކާއި ތަޖުރިބާކާރު ލެކްޗަރާއިންނާއި ވަން ސްޓޮޕް އެޑްމިޝަން ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި މީގެ އިތުރުން ކުރީ އަހަރާ ޚިލާފަށް ފަހި ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ތަފާތު ދާއިރާތަކުން އަމަލީގޮތުން ތަޖުރިބާ ކުރުމުގެ ފުރުޞަތު ވެސް ފަހިވެގެންދާނެ ކަމަށެވެ.
ފަހި ދުވަހުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނީއަރިންގ ދާއިރާ، ޞިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، ދަނޑުވެރިކަން އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ.
.jpeg?w=3840&q=75)



-1786972426717.jpeg?w=3840&q=75)
.jpeg?w=3840&q=75)



-1786972426717.jpeg?w=3840&q=75)






