.jpg?w=3840&q=75)
-
ދިވެހިރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާ 2553 ކިލޯމީޓަރު ދުރަށް، 5.3 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު ހެނދުނު 09:55 ހާއިރު މި ބިންހެލުން އައިސްފައިވަނީ މިޑް އިންޑިއަން ރިޖް ކިޔާ ސަރަހައްދަށެވެ.
މިއީ އެފްރިކާގެ ޕްލޭޓާއި އިންޑޯ އޮސްޓްރޭލިއާގެ ޕްލޭޓް ވަކިވަމުންދާ ޖިއޮލޮޖިކަލް ގޮތުން ހަރަކާތްތެރި ސަރަހައްދެކެވެ.
މި ހާދިސާގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކާއެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން މެޓް އޮފީހުން ވަނީ ދީފައެވެ.














.jpg?w=3840&q=75)

