
އައިޑީކާޑު
ރޯދަމަހުގެ ފަހުދިހައިގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ހިދުމަތް 4 ދުވަހެއްގައި ދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރް) އިން ބުނެފި އެވެ.
ޑީއެންއާރުން ބުނީ ރޯދަމަހުގެ ފަހު ދިހައެއްގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ވަކި ގަޑިތަކަކާއި ދުވަސްތަކެއް ހަމަޖައްސާފައިވާ ކަަމަށެވެ. އެގޮތުން މި ހިދުމަތް ދޭން ކަނޑައަޅާފައިވަނީ ދުވަސްތަކަކީ މިމަހުގެ 11،15،17 އަދި 19 ވަނަ ދުވަހު އެވެ. މި ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް ހިދުމަތްދޭން ޑީއެންއާރުން ވަނީ ނިންމާފައި އެވެ.
މަތީގައި ދެންނެ ވުނު ދުވަސްތަކުގައި އައ.ިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އޮފީސްތަކަކ:ީ
ޑީއެންއާރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި ޑީއެންއާރް ޑިޕާޓްމަންޓްގެ ނަންބަރު، 7280368 އަށް ގުޅުމަށް ވެސް އެދިފައި އެވެ.












