
--
ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާއި އެކު މިއަދުން ފެށިގެން އެގައުމަށް އެތެރެވާ ފަރާތްތައް ޑިޖިޓަލް އެރައިވަލް ކާޑެއް ފުރިހަމަކުރަން ޖެހޭ ގޮތަށް ހަދައިފި އެވެ.
ތައިލެންޑު އިމިގްރޭޝަނުން ބުނާގޮތުގައި އެގައުމުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން 1 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭނެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިކަން ދިވެހީންގެ ސަމާލުކަމަށް ގެނެސް ނެރުނު އިއުލާނުގައި ބުނީ މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށާއި އަދި ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ވަނީ ތައިލެންޑަށް ދަތުރުކުރައްވާ ފަރާތްތަކުން، ދިވެހިރާއްޖެއިން ފުރައިވަޑައިގަތުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުއްވުމަށް އިލްތިމާސް ކޮށްފައި އެވެ. އަދި ރާއްޖެއިން ބޭރުގައި އުޅުއްވާއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް އިލްތިމާސްކޮށްފައި އެވެ.
ތައިލޭންޑަކީ ގިނަ އަދަދެއްގެ ދިވެހީން ދަތުރުކުރާ ގައުމެކެވެ.
.jpg?w=3840&q=75)




.jpg?w=3840&q=75)









.jpg?w=3840&q=75)
