


.jpeg?w=3840&q=75)




--
ރަޝިއާގެ ވެރިރަށް މޮސްކޯގެ އިރުމަތީގައި އޮންނަ ބަލަޝިޚާ އަވަށުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން ރަޝިއާގެ އިސް ޖެނެރަލަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ބޮޑެތި ޖަރީމާތައް ތަހުގީގު ކުރާ ތަހުގީގީ ކޮމިޓީން ބުނެފި އެވެ.
ހުކުރު ދުވަހު ދިން މި ބޮމުގެ ހަމަލާގެ ޝިކާރައަކަށްވީ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފްގެ މައި އޮޕަރޭޝަނަލް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑް ލެފްޓިނެންޓް ޖެނެރަލް ޔަރޮސްލާވް މޮސްކާލިކް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނާއިރު، މިއީ މީގެ ކުރިން ޔޫކްރެއިންގައި މޮސްކޯއިން ދިން އަސްކަރީ ހަމަލާތަކާ ގުޅިފައިވާ ރަޝިއާގެ މީހުންނަށް ދިން ހަމަލާތަކާ އެއްގޮތް ހަމަލާތަކެއް ކަމަށް ބެލެވެ އެވެ.
ތަހުގީގީ ކޮމެޓީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބޮން ގޮއްވާލީ ހޯމްމޭޑް ބޮމެއް ގޮއްވާލުމުގެ ސަބަބުން ކަމަށެވެ.ބަލަޝިޚާގެ ފްލެޓްތަކުގެ ބްލޮކެއްގެ ބޭރުގައި ވޮކްސްވެގަން ގޯލްފް އެއްގައި ގޮއްވާލައިގެން ދިން މި ހަމަލާ ގުޅިގެން އެ ހަމަލާގެ ތަހުގީގެއް ފަށާފައިވާ ކަމަށް އިންވެސްޓިގޭޓަރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. ނަމަވެސް އެ ހާދިސާގެ ފަހަތުގައި ތިބީ ކޮން ބައެއް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
ރަޝިއާގެ ކޮމަރސަންޓް ނޫހުން ބުނީ މި ހަމަލާގައި ދެވަނަ މީހަކު ވެސް މަރުވެފައިވާ ކަމަށެވެ.



.jpeg?w=3840&q=75)




