

.jpeg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)



--
ޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ޔަހޫދީން ވަރުގަދަ ވައިގެ ހަމަލާތަކެއްދީފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީން.މިއަދު ހަވީރު ނުސީރަތަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 5 މީހަކު ޝަހީދުވެ ގިނަ ބަޔަކު ވަނީ ޒަހަމްވެފައި އެވެ. އަދި މި ހަމަލާގައި ކުޑަކުދިންތަކެއްވެސް ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާ ޔަހޫދީން ދީފައިވަނީ އޭގެ އިރުކޮޅެއް ކުރިން ނުސީރަތުގެ އެޕާޓްމެންޓު ކޮމްޕްލެކްސްއަކަށް ވަރަުގަދަ ހަމަލާދިނުމަށްފަހުގައި އެވެ. އެޕާޓްމެންޓު ކޮމްޕްލެކްސްއަށް ދިން ހަމަލާގައި ފަލަސްތީނުގެ 2 ޒުވާނަކަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައި އެވެ.
މިއަދު ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން ވައިގެ ހަމަލާތައް އަމާޒުކުރަމުން ދަނީ ޣައްޒާގެ ގޮދުރު ގެއްލިފައި ތިބި ނިކަމެތި ރައްޔިތުންގެ ރެފިއުޖީ ކޭމްޕުތަކަށެވެ.
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާދޭތާ މިހާތަނަށް 15 ވަރަކަށް މަސްވެފައިވާއިރު ޔަހޫދީން ޝަހީދުކޮށްލި ޣައްޒާ ރައްޔިތުންގެ އަދަދު މިހާރު ވަނީ 45,805 އަށް އަރާފައި އެވެ.


.jpeg?w=3840&q=75)
.jpg?w=3840&q=75)


