



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



--
ސްޕެއިންގެ އިރުއުތުރު އަރަގޮން ސަރަހައްދުގެ ކެއާ ހޯމެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެ ދެ މީހެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.
އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އަލިފާން ރޯވެފައިވަނީ ހުކުރު ދުވަހުގެ ފަތިހު 5:00 ހާއިރު ޒަރާގޯޒާ ސިޓީގެ އިރުދެކުނުން 28 ކިލޯމީޓަރު ދުރުގައި އޮންނަ ވިލާފްރާންކާ ޑި އެބްރޯ ނަމަކަށް ކިޔާ އަވަށުގައި ހުންނަ ޖަރްޑީންސް ޑި ވިލާފްރާންކާ ގޭގައި ކަމަށެވެ.
އަލިފާން ނިއްވުމަށް ދެ ގަޑިއިރު ހޭދަވި މި އަލިފާންގަނޑުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވީ ޒަރަގޯޒާއިންގެ ފަޔާ ފައިޓަރުންނެވެ.
ވިލާފްރާންކާ ޑި އެބްރޯގެ މޭޔަރު ވޮލްގާ ރަމިރޭޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާއާއި އެކު ގަދައަށް ދުމުގެ އަސަރު ކުރުމަކީ މިހާދިސާގައި ގިނަ ބަޔަކު މަރުވުމުގެ ސަބަބެއް ކަމަށް ބެލެވޭ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގުނު ނަމަވެސް ރަމިރޭޒް ވިދާޅުވީ އަލިފާން ގަނޑު ފެތުރިފައި ވަނީ ސެކިއުރިޓީ ދޮރެއް ހަރުކޮށްފައި ހުރި އެއް ކޮޓަރީގައި ކަމަށާއި އެކަމުގެ ސަބަބުން އަލިފާން ގަނޑު ފެތުރުނަ ނުދޭ ކަމަށެވެ.




.jpg?w=3840&q=75)