


.jpg?w=3840&q=75)



.jpeg?w=3840&q=75)

-
އިރާނުން ޔަހޫދީ އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކުގެ އިތުރު ބިރެއް ނެތް ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެފި އެވެ.
އިރާނުން މިރޭ ވަނީ އިޒްރޭލުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް 200 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލް ފޮނުވާލާފައި އެވެެ. އިރާނުގެ މި ހަމަލާގައި އިޒްރޭލަށް މާބޮޑު ގެއްލުންތަކެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވެއެވެ.
މި ހަމަލާތަކަށްފަހު ދާދި ދެންމެ އަކު ޔަހޫދީ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާގެ އެއްވެސް ބިރެއް މިހާރު ނެތް ކަމަށާއި ސަލާމާތްކަން ހޯދަން ބިންގަރާސްތަކަށާއި ރައްކާތެރި ތަންތަނަށް ދިޔަ ޔަހޫދީން މިހާރު އެނބުރި ގެތަކަށް ދެވޭނެ ކަމަށެވެ.
މިއާއި އެކު އިރާނުގެ މި ހަމަލާ ގިނަ ބަޔަކު ސިފަ ކުރަމުން އަންނަނީ އެއްވެސް ކަމެއް ހާސިލް ނުވި , ހަމައެކަނި ޔަހޫދީން " ބިރުގަންނުވާލި " ހާދިސާއެއްގެ ގޮތުގައި އެވެ.
އިރާނުން މިދިޔަ އޭޕްރިލް މަހުވެސް މިފަދަ ގޮތަކަށް ގިނަ އަދަދެއްގެ މިސައިލްތަކެއް ވަނީ އިޒްރޭލަށް އަމާޒުކޮށް ފޮނުވާލާފައި އެވެ. އެފަހަރުވެސް އިޒްރޭލަށް އެ މިސައިލްތަކުން މާބޮޑެތި ގެއްލުންތަކެއް ނުލިބެއެވެ.
އިރާނުން ބުނާގޮތުގައި މިރޭގެ ހަމަލާއަކީ އިޒްރޭލުން އަވަހާރަކޮށްލި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ, ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރަالله އާއި ގުދުސް ފޯސްގެ ކޮމާންޑަރު ނިލްފޯރުޝާންގެ މަރުގެ ބަދަލުހިފުމަށް ދިން ހަމަލާތަކެކެވެ.



.jpg?w=3840&q=75)




