




.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)

އިރާނުން އިޒްރޭލަށް ހަމަލާދޭނެ ކަމަށް އެމެރިކާގެ އިންޓެލިޖެންސަށް ލިބިފައިވާ ބައެއް މައުލޫމާތު ތަކުގެ ތަފްސީލް ހާމަވެއްޖެ އެވެ.
ވައިޓް ހައުސްގެ އިސް އޮފިޝަލަކާއި ޑިފެންސް ޑިޕާޓްމަންޓުގެ އޮފިޝަލަކާއި ހަވާލާދީ އެމެރިކާގެ އެންބީސީން ބުނީ އީރާނުގެ ހަމަލާތައް އަމާޒުކުރާނީ އަސްކަރީ އަދި ސަރުކާރުގެ ތަންތަނަށް ކަމަށާއި މަދަނީ ތަންތަނަށް ހަމަލާދޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
އަދި މި ހަމަލާ ކުރިޔަށް އޮތް ގަޑިއިރުތަކެއްގެ ތެރޭގައި ދޭނެ ކަމަށް ބެލެވޭ ކަމަށްވެސް އެފަރާތްތަކުން ވަނީ އެންބީސީއަށް މައުލޫމާތު ދީފައި އެވެ.
އެމެރިކާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތައް މިހާރު ވަނީ އިޒްރޭލުގެ އަސްކަރިއްޔާއާއި ހިއްސާކޮށްފައެވެ. މިއާއި އެކު ހަމަލާއިން ސަލާމާތްވުމަށް އިޒްރޭލުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.








