



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



ފުލުހަކު ބަޑިން ހަމަލާދިން ކުޅުންތެރިއާ އަށިގަނޑުގައި އެމްބިއުލާންސްއަށް އަރުވަނީ
ބްރެޒިލްގެ ދެވަނަ ޑިވިޝަނުގެ 12 ވަނަ ބުރުގައި ގްރެމިއޯ އަނަޕޮލިސް އާއި ސެންޓްރޯ އޮސްޓޭ ބައްދަލުކުރި މެޗުގެ ތެރެއިން ހިގާދިޔަ ހަމަނުޖެހުމެއްގައި ދަނޑުގެ ސެކިއުރިޓީ ބަލަހައްޓަމުންދިޔަ ފުލުހަކު ގްރެމިއޯ އަނަޕޮލިސްގެ ކުޅުން ތެރިއަކަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ގްރެމިއޯ އަނަޕޮލިސް ކްލަބުން ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި މިކަން ކަށަވަރުކޮށްދީފައިވާއިރު، ފުލުހުންގެ މިއަމަލު އެކުލަބުން ސިފަކޮށްފައިވަނީ ވަރަށް ފިޑި ޒިންމާދާރުކަންކުޑަ ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައެވެ.
ބްރެޒިލްގެ ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެޗުގެ ފަހު ކަށިގަނޑާއެކު ގްރެމިއޯގެ ކުޅުންތެރިން ދަނޑުން ފައިބަމުން ބޭރު ރޮނގުމަތީ ތިބެ ހަތިޔާރުއެޅި ފުލުހުންތަކަކާއި ޒުވާބުކުރާ މަންޒަރު ފެނުނެވެ. އަދި ކުއްލިއަކަށް އޭގެ ތެރެއިން އެއް އޮފިސަރަކު ރައިފަލެއް ނަގައި ކުޅުންތެރިންނަށް އަމާޒުކޮށް ބިރު ދައްކަމުން ފަހަތަށް ޖެހެން އެންގިއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އިތުރު އިންޒާރަކާ ނުލައި އެއޮފިސަރު ގްރެމިއޯގެ ކުޅުންތެރިނާއި ދިމާލަށް ރަބަރު އުންޑައެއް ގޮއްވާލިއެވެ.
މިއާއެކު ގްރެމިއޯގެ ގޯލްކީޕަރު ރަމޮން ސޫޒާ ދަނޑުމައްޗަށް ވެއްޓުނެވެ. ފުލުސް މީހާ ގޮއްވާލި ރަބަރު އުންޑަ އަމާޒުވީ ސޫޒާގެ ފައިގެ ފަލަމަސްގަނޑަށެވެ. އަދި ދަނޑުމަތީގައި އޭނާ އަށް ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިހާދިސާއި ގުޅިގެން ބްރެޒިލްގެ މިލިޓަރީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާދިސާއި ތަހުގީގު ކުރަމުން އަންނަކަމަށާއި އެކަމުގައި ޒިންމާވާ ފުލުހުންނާއި މެދު އިދާރީ ތަހުގީގެއް ހިންގި އަނިޔާ ލިބުނު ފަރާތައް އިންސާފު ހޯދައިދޭނެކަމަށެވެ.




.jpg?w=3840&q=75)


.jpg?w=3840&q=75)
.jpg?w=3840&q=75)