


.jpg?w=3840&q=75)



.jpg?w=3840&q=75)

-
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަކި ކުރުމުގެ މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމެޓީއަށް ފޮނުވައިފި އެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާ މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ މިއަދުގެ މަޖިލީހުގައި އިއްވުމަށްފަހު, މިހާރު ވަނީ ދިރާސާކުރުމަށް އަންބުރާ މާލިއްޔަތު ކޮމެޓީއަށް މި މައްސަލަ ފޮނުވާފައެވެ.
މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވަނީ އެމްއެމްއޭގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިޤްތީޞާދީ ކުރިއެރުމަށް މަގުފަހިވާގޮތަށް ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާއި، ފައިނޭޝަން ސްޓެބިލިޓީ ދެމެހެއްޓުމާއި، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމާއި ކުރިއެރުމަށް ސަރުކާރަށް އެހީވުން ހިމެނޭކަމަށް ބުނެފައެވެ.
އަދި ޤައުމުގެ އިޤްތިޞާދު ކުރިއަށް ގެންދިއުމުގައި އޮތް ދެ އަސާސަކީ ފިސްކަލް ޕޮލިސީއާއި މަނިޓަރީ ޕޮލިސީކަމަށް ވީހިނދު ފިސްކަލް ޕޮލިސީއަކީ ސަރުކާރުގެ ޚަރަދުތައް ބައްޓަންކުރާނެގޮތާއި، އެކިއެކި ކަންކަމުގައި ޓެކްސްގެ މިންގަނޑުތައް ކަނޑައެޅުންފަދަ އިޤްތިޞާދީ ކަންކަމުގައި ސަރުކާރުން ޢަމަލުކުރާނެ އުސޫލުތައްކަމަށް ބުނެފައިވެއެވެ.
އަދި މަނިޓަރީ ޕޮލިސީއަކީ އިޤްތިޞާދުގެތެރޭގައި ދައުރުވާ ފައިސާ ކަނޑައެޅުމާއި، ބޭންކިން އުސޫލުގެ ތެރެއިން އިންޓްރެސްޓް ރޭޓް ކަނޑައެޅުންފަދަ ސީދާގޮތެއްގައި އިޤްތިޞާދީގޮތުން ކަނޑައެޅުންކަމަށްވެސް ބުނެފައިވެއެވެ.
އިޤްތިޞާދީ މި ދެ އަސާސަކީ ޤައުމުގެ އިޤްތިޞާދާ ކުރިއރުމަށް މުހިންމު ދެ އަސާސްކަމަށްވާއިރު، ޤައުމުގެ އިޤްތިޞާދު ހީނަރުވެ އިއާދަކުރަން އުދަނގޫ ހިސާބަކަށް ދިޔައިރު އެމްއެމްއޭގެ ޤާނޫނުގައި ބުނާ މަޤްޞަދު ހާސިލްކުރެވިފައި ނެތްކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް މަނިޓަރީ ޕޮލިސީ ރަނގަޅަށް ހިނގާތަން ފެންނަން ނެތްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ ދިރާސާކުރަން ހުށަހެޅުމާއެކު އަލީ ހާޝިމްއަށް ޖަވާބުދާރީވުމަށް ކޮމެޓީން ފުރުސަތު ދޭނެ އެވެ. އެއަށްފަހު ކޮމެޓީން ނިންމާ ގޮތެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވޭނެ އެވެ.
ޢަލީ ޙާޝިމް ގަވަރުނަރުގެ މަޤާމަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.



.jpg?w=3840&q=75)




