

.jpeg?w=3840&q=75)
.jpg?w=3840&q=75)





-
ހދ. ނޮޅިވަރަމްގައި ދުއްވާފައި ދިޔަ ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، ހދ. ނޮޅިވަރަމުގައި ސައިކަލާއެކު މީހަކު މޫދަށް ވެއްޓިގެން އެ ރަށު ހެލްތް ސެންޓަރުގައި ފަރުވާ ދޭން ފެށި ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 21:15 ހާއިރު ކަމަށެވެ.
ހެލްތް ސެންޓަރުގައި އެ މީހާއަށް ފަރުވާ ދެނިކޮށް ރޭގެ ވަގުތެއްގައި ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވަނީ ބުނެފަައެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވސ.


.jpeg?w=3840&q=75)
.jpg?w=3840&q=75)
