



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



ސްޕެއިންގެ ރެސްޓޯރެންޓެއް ވެއްޓުން
ސްޕެއިންގެ މަޝްހޫރު ޓޫރިސްޓް ރަށެއް ކަމަށްވާ މަލޯރްކާގެ ދެ ބުރީގެ އިމާރާތެއް ވެއްޓި ހަތަރު މީހުން މަރުވެ، ގިނަ ބަޔަކު ޒަހަމްވެއްޖެ އެވެ.
ސްޕެއިންގެ އިމަޖެންސީ ސާވިސަސް އިން އެކްސްގައި ލިޔެފައިވާ ގޮތުގައި މަރުވި މީހުންގެ އިތުރުން ޒަހަމްވި މީހުންގެ ތެރެއިން ހަތް މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އިތުރު ނުވަ މީހަކަށް "ސީރިއަސް" ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި އެ މީހުންނަށް އެކި ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ރެސްޓޯރެންޓެއް ހުރި މި އިމާރާތް ވެއްޓުނީ މެޑިޓެރޭނިއަން އައިލެންޑުގެ ވެރިރަށް ޕަލްމާ ޑި މަލޯރްކާގެ ދެކުނުގައި އޮންނަ ޕްލޭޔާ ޑި ޕަލްމާ ސަރަހައްދުގަ އެވެ.
ރޭޑިއޯ ސްޓޭޝަން އާރްއެންއީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ހާދިސާގެ އެންމެ ފުރަތަމަ އިމަޖެންސީ ކޯލްތައް އައީ ރޭގެ 8:00 ހާއިރު ކަމަށެވެ.
އެގައުމުގެ ޕަބްލިކް ޓީވީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތިރީގައި ހުރި ފަންގިފިލާގެ މައްޗަށް މަތީ ފަންގިފިލާ ވެއްޓުނު އިރު ގިނަ ބަޔަކު ދިޔައީ އެ ފަންގިފިލާާގައި ނަށަމުންނެވެ.
މިހާދިސާގެ ތަހުގީގު މިހާރު ސްޕެއިންގެ ކަމަބެހޭ ފަރާތްތަކުން ވަނީ ފަށާފައި އެވެ.




.jpg?w=3840&q=75)