
ބެޓީ ކްރޮކާސް ކޭކް މިކްސް --
ބެޓީ ކްރޮކާގެ ކޭކް މިކްސް ވިއްކުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބެޓީ ކްރޮކާސް ބްރޭންޑުގެ ކޭކް މިކްސް ޕެކެޓުތައް ވިއްކުން މަނާކޮށްފައިވަނީ އެތަކެތި ޓެސްޓުކޮށް އެތަކެތި ތަޣައްޔަރުވެފައިވުމާއި ގުޅިގެން ކަމަށް އެ އިދާރާއިން ބުނެއެވެ.
އެމްއެފްޑީއޭއިން ނެރުނުް ބަޔާނެއްގައި ބުނެފައިވަނީ، ބެޓީ ކްރޮކާގެ ޕެކެޓުތަކުގައި އުކުނު ހުރި ކަމަށް ބުނެ އާންމު ފަރާތްތަކުން ހުށަހެޅި ޝަކުވާއާ ގުޅިގެން މާލޭގެ ބާޒާރުތަކުން އެ އުފެއްދުންތަކުގެ ސާމްޕަލްތައް ނަގާ ޓެސްޓު ކޮށްފައިވާ ކަމަށެވެ. އެ ސާމްޕަލްތަކުގައި ގަނޑުލާފައި ހުރި ކަމަށާއި ބައެއް ސާމްޕަލްތައް އުކުނާއި ދިރޭ ސޫފިތަކުން ތަޣައްޔަރުވެފައިވާ ކަމަށެވެ.
އެގޮތުން ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ، 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ޗޮކްލެޓް ފަޖް (އެކްސްޕައިރީ ޑޭޓް: މާޗު 18، 2024) އަދި 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް މިލްކް ޗޮކްލެޓް (އެކްސްޕައިރީ ޑޭޓް: އޭޕްރިލް 13، 2024) އެވެ.
އެހެންކަމުން ރާއްޖޭގެ ބާޒާރުގައި ހުރި މި ބްރޭންޑުގެ ކޭކު މިކްސްތައް ވިއްކުން ހުއްޓާލުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
.jpeg?w=3840&q=75)




.jpeg?w=3840&q=75)




.jpg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)


