


.jpeg?w=3840&q=75)




.jpg?w=750&q=75)
ރިސޯޓް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރިސޯޓުތަކުން އެދިއްޖެ ހިނދެއްގައި، ކޮންމެ ރިސޯޓެއްގައިވެސް ވޯޓު ފޮއްޓެއް ބަހައްޓަން ނިންމައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިން ތަކާއި އެއްގޮތައް ރިސޯޓްތަކުގައި އުޅުއްވާ ބޭފުޅުންނަށް އެހެން ރަށަކަށް ދަތުރުކޮށް ވޯޓުލާނެ ފުރުސަތު ނުދެވޭނެތީ، ރިސޯޓުތަކުން އެދިއްޖެ ހިނދެއްގައި ކިތަންމެ މީހުން މަދުވިޔަސް އެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ.
"ރިސޯޓުން އެދިއްޖެ ހިނދެއްގައި، ކިތަންމެ މީހުން މަދުވިޔަސް އަޅުގަނޑުމެން އެ ރިސޯޓެއްގައި ވޯޓު ފޮއްޓެއް ބަހައްޓައިދޭނަން" - ޝަރީފް ވިދާޅުވިއެވެ.
ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.



.jpeg?w=3840&q=75)
