logoEN
cocacola
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް 644 މިލިއަން ރުފިޔާގެ އާމްދަނީއެއް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް 644 މިލިއަން ރުފިޔާގެ އާމްދަނީއެއް

# އެމްޓީސީސީ

އެމްޓީސީސީ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 644.44 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

ގޮސިޔާ

އެމްޓީސީސީއިން އާންމު ކުރި އެކުންފުނީގެ މި ކުއާޓަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް 644.44 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް، މި ޢަދަދަކީ ނިމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު ޢާމްދަނީއަށް ވުރެ މަދު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 749.15 މިލިއަން ރުފިޔާ ލިބުނެވެ.

މިއާއެކު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 41.77 މިލިއަން ރުފިޔާ ލިބުނުއިރު، ޖުމުލަ ފައިދާގެ ގޮތުގައި ލިބުނީ 6.17 މިލިއަން ރުފިޔާއެވެ.

މި ކުއާޓަރުގައި އެމްޓީސީސީގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމުގައި އެކުންފުނިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަދި ޚާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި، ބޭރު ފައިސާ ހޯދުމަށް އެ ކުންފުނިން ކުރަން ޖެހުނު ޛަރަދު އިތުރުވުމާ ގުޅިގެން އެ ކުންފުނީގެ ސަޕްލައިޗޭނަށް ދިމާވި ނޭދެވޭ އަސަރުގެ ސަބަބުންނެވެ.

އެއާއެކު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު ޖުމުލަ ފައިދާއަކީ އެކުންފުނީގެ އަންދާޒާއަށް ވުރެ މަދު އަދަދެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެހެން ނަމަވެސް ކުންފުނީގެ ވިޔަފާރިތައް ފުޅާކޮށް ހަރުދަނާކުރުމަށް އަޅަންޖެހޭ އިސްތިރާޖީ ޕްލޭންތައް އެކުލަވާލައި، މުރާޖަޢާކުރުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ