logoEN
cocacola
ގައްދޫ މަގުތަކުގައި ތާރުއަޅަން ފަށައިފި

ގައްދޫ މަގުތަކުގައި ތާރުއަޅަން ފަށައިފި

އަލްފާ އަލީ

logo

1/16/2023, 3:00:09 PM

# ގދ.ގައްދޫ# އާރުޑީސީ

gadhdhoo

ގދ. ގައްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފި އެވެ.

ގޮސިޔާ

ގައްދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާ މަގުތަކުގެ ތެރެއިން މިއަދު ވަނީ ގައްދޫގެ ވަށައިގެން އޮންނަ ރިންގް ރޯޑް ނުވަތަ ވަތަބަނޑޭރި މަގުގައި ތާރު އަޅަން ފަށާފައެވެ.

ގައްދޫގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ހަ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު ތާރު އަޅާނީ ހަ ކިލޯމީޓަރުގެ (65،381.24 އަކަމީޓަރު) ގެ މަގުގައެވެ.

މި މަޝްރޫޢު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

View post on Twitter

މި މަޝްރޫޢުގެ ދަށުން މަގުތަކުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ރަށުގައި ފެން ބޮޑުވާ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެއެވެ. މަޝްރޫޢުގައި ހިމެނޭ ފެންހިންދާ ނިޒާމުގައި، ފެން ހިންދާ ޕަމްޕް ސްޓޭޝަންތައް ހިމެނޭނެއެވެ. އަދި މުޅި ޕްރޮޖެކްޓް ނިމޭއިރު މަގު ބައްތި ޖެހުމާއި، މަގުތަކުގައި ބަންޕަރު ހަރުކުރުމާއި، ޓްރެފިކް ނިޝާންތައްވެސް ޖަހާނެއެވެ.

މި މަޝްރޫއަކީ ސަރުކާރުން 75 މިލިއަނަށްވުރެ ގިނަ ރުފިިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. ބިމުގެ ބޮޑުމިނުގައި 50.2 ހެކްޓަރު ހުންނަ ގައްދޫއަކީ ގދ. އަތޮޅުގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީ ދިރިއުޅޭ ރަށެވެ. އެރަށުގައި 3000 އަށްވުރެ ބޮޑު އާބާދީއެއް އަންނަނީ ދިރިއުޅެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ