
ފުރަތަމަ ފަހަރަށް ގައްދޫ ކައިރީގައި ކަނދުފައްޗެއް އަޅައިފި
# ގދ.ގައްދޫ# ވަދު ކަނދުފަތި# ފިޝަރީޒް މިނިސްޓްރީ--
ގދ. ގައްދޫ ކައިރީގައި ފުރަތަމަ ފަހަރަށް ކަނދުފައްޗެއް އަޅައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ގައްދޫ ކައިރީގައި އަޅާފައިވާ މި ކަނދުފައްޗަކީ ވަދު މަސްވެރިކަމަށް ހާއްސަ ކަނދުފައްޗެކެވެ. މި ކަނދުފަތި އަޅާފައިވަނީ ގދ.ގައްދޫގެ އިރު ދެކުނުން 4 މޭލު ބޭރުގައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވާގޮތުގައި މިއީ ގދ. ގައްދޫ ކައިރީގައި އެޅުނު ފުރަތަމަ ކަނދުފައްޗެވެ. މިކަނދު ފައްޗާއެކު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރެވިފައިވާ ކަނދުފަތީގެ އަދަދު 83 އަށް އަރައެވެ. އޭގެތެރެއިން އެންމެ ފަހުން އަޅާފައިވާ 23 ކަނދުފައްޗަކީ މި ސަރުކާރުން އަޅާފައިވާ ކަނދުފައްޗެވެ.
މިއީ ކުދި އުޅަނދުފަހަރުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ރަށާއި ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކު މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ފިޝަރީޒް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެކެވެ.
ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިގައެވެ. މިކަނދުފަތިތައް ޤާއިމްކުރަނީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައެވެ.
ގުޅުންހުރި

އެން ރައްކާކޮށް ދިގު މުއްދަތަކަށް ގެންގުޅެން ތިން އުޅަނދެއްގައި ފެށި ޕައިލެޓް ޕްރޮގްރާމް ކާމިޔާބު - ޝިޔާމް

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ ބްލޫ އެކޮނޮމީ ޕްރޮޖެކްޓު ނިންމާލުމަށް ސެމިނާއެއް ބާއްވައިފި

އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން މިފަހަރު ކުޑަފަރީގައި!
