logoEN
cocacola
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ގައްދޫ ފުޓްސަލް ޓީމަށް ޖާޒީ ހަވާލުކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ގައްދޫ ފުޓްސަލް ޓީމަށް ޖާޒީ ހަވާލުކޮށްފި

ހަސަން ޝަމްއޫން

logo

1/25/2024, 2:03:31 AM

# ގޯލްޑަން ފުޓްސަލް ޗެލެންޖް# ގދ.ގައްދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ގައްދޫ ފުޓްސަލް ޓީމަށް ޖާޒީ ހަވާލުކުރުމުގެ ތެރެއިން---

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގައި ވާދަކުރާ ގދ. ގައްދޫ ފުޓްސަލް ޓީމަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

ގޮސިޔާ

ސަސް ކެފޭގައި ރޭ ބޭއްވި މިރަސްމިއްޔާތުގައި ރާއްޖޭގެ ތަާރީޚްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގްގެ އިތުރުން ސަސްގެ ނައިބު ރައީސް އަހުމަދު އަފްރާފު (އަފީ), ބުރު ސްޕޯޓްސްގެ ނައިބު ރައީސް މުހައްމަދު ހަސަން ، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް، އަލް ޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަން މެނޭޖަރު މޫމިން ރަޝީދު. ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އާމިރު ގެ އިތުރުން ގައްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ޒާހިރު ބައިވެރިވެ ވަޑައިގެންނެވި އެވެ.undefinedގައްދޫ ފުޓްސަލް ޓީމުގެ ކުޅުންނަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ގެ ތެރެއަށް.. ފޮޓޯ/ ގާފު ސްޕޯޓްސް

މިރަސްމިޔާތާއި ބެހޭގޮތުން ގާފު ސްޕޯޓްސް އަށް މައުލޫމާތު ދެއްވަމުން ގައްދޫ ފުޓްސަލް ޓީމުގެ މެނޭޖަރު އަލީ މުއައްވަޒު ވިދާލުވީ ސްޕޮންސަރުންނާއި ހެޔޮއެދޭ ފަރާތަކުން ޓީމަށް ދެއްވާ އެއްބާރުލުމާއި ދީލަތި އެހީތެރިކަމަށްޓަކައި ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ނަމުގައި އެފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި ވަކިން ޙާއްޞަކޮށް ބުރު ސްޕޯޓްސް ކުލަބާއި ސަސްގެ ފަރާތުން އެޓީމަށް ވެފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައިވެއެވެ.undefinedގައްދޫ ފުޓްސަލް ޓީމުގެ ކުޅުންނަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ގެ ތެރެއަށް.. ފޮޓޯ/ ގާފު ސްޕޯޓްސް

ފުރަތަމަ ޑިވިޝަންގެ ދެ ކުލަބްކަމަށްވާ ބުރު ސްޕޯޓްސް އާއި ސަސް އިން ވަނީ ގައްދޫ ޓީމަށް އެހީތެރިކަން ފޯރުކޮށްދީ އެހެން ކުލަބްތަކަށް ނަމޫނާ ދައްކާފައެވެ. ބުރު އަދި ސަސްގެ ފަރާތުން ބުނެފައިވަނީ، ގައްދޫ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނީ ފުޓްބޯޅަ/ ފުޓްސަލް ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ފުރަތަމަ ޑިވިޝަންގެ ކުބަލްތަކުންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލުކޮށް އަމިއްލަ އިސްނެގުމުގެ މަތިންކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައިވެސް ދެ ކުލަބުގެ ފަރާތުންވެސް މިފަދަ ކަންކަމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.undefinedގައްދޫ ފުޓްސަލް ޓީމުގެ ކުޅުންނަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ގެ ތެރެއަށް.. ފޮޓޯ/ ގާފު ސްޕޯޓްސް

ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަނގަޑޭ) ވިދާޅުވީ، ފުޓްބޯޅަ ކުޅުމަކީ މީހާ މުޅި އުމުރު ހުސްވަންދެން ކުރެވޭނެ ކަމަކަށް ނުވާތީ، މިހާރު ބޭނުންވަނީ ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް މުޅި ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރުމުގައި ދެމިހުންނާނެ ކަމަށް ދަނގަޑޭ ވިދާޅުވި އެވެ.undefinedގައްދޫ ފުޓްސަލް ޓީމުގެ ކުޅުންނަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ގެ ތެރެއަށް.. ފޮޓޯ/ ގާފު ސްޕޯޓްސް

މިއީ މިމުބާރާތުގައި ގައްދޫ ފުޓްސަލް ޓީމު ވާދަކުރާ ފަސްވަނަ ފަހަރެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ އަތޮޅު ފައިނަލުގައި އެޓީމު ވާދަކޮށްފައި ވާއިރު، މިއަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެޓީމުން ވަނީ ދުރާލައި ރަނގަޅު ސްކޮޑެއް އެކުލަވާލުމަށްފަހު, މިދިޔަ ޑިސެމްބަރު މަހު މާލޭގައި ބޭއްވުނު ޓެކާސް ގްރޭޓަރ މާލޭ ކަޕްގައި ވާދަކޮށްފައެވެ.undefinedގައްދޫ ފުޓްސަލް ޓީމުގެ ކުޅުންނަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ގެ ތެރެއަށް.. ފޮޓޯ/ ގާފު ސްޕޯޓްސް

މިއަހަރު މުބާރާތުގެ އަތޮޅު ބުރުގައި ގައްދޫގެ އިތުރުން ދެން ހިމެނެނީ ތިނަދޫ، ވާދޫ އަދި ހޯނޑެެއްދޫ އެވެ. އަދި މުބާރާތުގެ ކުޅުން ޖެނުއަރީމަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ އިރު، ގދ. އަތޮޅުގެ ފުރަތަަމަ މެޗުގައި ޖެނުއަރީމަހުގެ 26 ވަނަ ދުވަހު ގައްދޫ ޓީމު ނުކުންނާނީ ހޯނޑެެއްދޫ އާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ޖެނުއަރީމަހުގެ 31 ވަނަ ދުވަހު ތިނަދޫ އާއި ދެކޮޅަށް ކުޅުމަށްފަހު، އަތޮޅު ބުރުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ވާދޫ އާއި ދެކޮޅަށް ގައްދޫ ޓީމު ނުކުންނާނީ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހެވެ. މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ގައްދޫ ފުޓްސަލް ޓީމުގެ މެއިން ސްޕޮންސަރ އަކީ އަލް ޝާލީ މެރިން މޯލްޑިވްސް އެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ޒީރޯރާ އޮޓޯ ސާވިސް ގެ އިތުރުން ކައުރީ ބްރޭންޑް ހަމަޖައްސާފައި ވާއިރު، ގައްދޫ ޓީމުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ