
ސޫޓްކޭސްއެއްގެ ތެރެއިން މަރުވެފައި ތިބި ކުދިންތަކެއް ފެނުނު މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި
# ދުނިޔެskynews-new-zealand-suitcases_5868419
މިދިޔަ މަހު ސޫޓްކޭސްތަކެއްގެ ތެރެއިން ފެނުނު ދެ ކުދިން މަރާލި ކަމުގެ ތުހުމަތުގައި ދެކުނު ކޮރެއާގައި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ނިއު ޒީލެންޑުގެ ފުލުހުން ބުނެފި އެވެ.

ނިއުޒީލަންޑްގެ ފުލުހުން ބުނާ ގޮތުގައި ދެކުނު ކޮރެއާގައި އަންހެނެއް ކަމަށްވާ ކޯނީން ހައްޔަރު ކުރީ، އޯކްލޭންޑުގެ ސްޓޯރޭޖް ޔުނިޓަކުން ގަތް ސޫޓްކޭސްއަކުން ދެ ކުޑަކުދިން ފެނުނު މައްސަލައެއްގައި އެވެ.
އެ ހަށިގަނޑުތައް ރައްކާކޮށްފައި ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ކޮރެއާގެ ފުލުހުން ބުނީ މިދިޔަ މަހު ސޫޓްކޭސްތަކެއްގައި ފެނުނު ދެ ކުދިން މަރާލި ހާދިސާގައި މަރުވި ދެކުދިންގެ އުމުރަކީ 7 އަހަރާއި 10 އަހަރު ކަމަށެވެ.
ފުލުހުން ބުނީ އުމުރުން 40 ގެ އަހަރުތައް ގުނަމުން އަންނަ އެ އަންހެން މީހާ ހޯދުމުގެ މަސައްކަތުގައި ފާއިތުވި ތިން ހަފުތާގެ ތެރޭގައި ދެކުނު ކޮރެއާގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކޮށްފައިވާ ކަމަށާއި އޭނާ އަކީ ދެކުނު ކޮރެއާގައި ހުރި މީހެއް ކަން އެނގުމާއި އެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސިއްރު ފުލުހުން އެ އަންހެން މީހާ ހޯދާފައިވަނީ ކޮރެއާ ދަރިކޮޅުގެ އެ އަންހެން މީހާ، ބުރާސްފަތި ދުވަހުގެ ހެނދުނު އުލްސާން ސިޓީގެ އެޕާޓްމަންޓެއްގައި ފިލައިގެން އޮއްވައެވެ. އޭނާ ހައްޔަރުކުރުމަށް އިންޓަޕޯލްގެ ގްލޯބަލް ވޮރަންޓެއް ވަނީ ނެރެފައެވެ.
ނިއުޒީލަންޑްގެ ކަމާބެހޭ ފަރާތްތަކުން ވަނީ، ދައުވާ އުފުލުމަށް ޓަކައި، އޭނާ އެ ގައުމަށް ފޮނުވާލުމުގެ ކުރިން ކަފާލާތުގެ ދަށުން މިނިވަން ނުކުރުމަށް އެދިފައެވެ.
ގުޅުންހުރި

ބައްޕައަކު އުމުރުން 9 އަހަރުގެ ދަރިފުޅަށް ވަޅިން ހަމަލާދީ މަރާލައިފި

މުޒާހަރާގައި ތައި ރާނީ ފަދައިން ހެދުންއެޅި އެކްޓިވިސްޓަކު ޖަލަށް

ތޫފާނާއި އެކު ޗައިނާގެ އެންމެ ބޮޑު ސިޓީގެ ފްލައިޓްތައް ކެންސަލްކޮށްފި
