logoEN
WAMCO TOP 1
އައްޑޫ ބިޒްނަސް ޑައިލޮގް ފަށައިފި

އައްޑޫ ބިޒްނަސް ޑައިލޮގް ފަށައިފި

އަހުމަދު ޝުރާއު

logo

5/13/2026, 3:34:21 PM

# އައްޑޫ ސިޓީ

-

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ "އައްޑޫ ބިޒްނަސް ޑައިލޮގް" ރަސްމީކޮށް ފަށައިފިއެވެ.

THE TRAVELLER AD

މި މަހުގެ 13 އިން 14 އަށް ކުރިއަށްގެންދާ މި ބައްދަލުވުމަކީ މާލޭގެ އިތުރުން ރާއްޖޭގެ އަތޮޅުތެރޭގެ އިޤުތިޞާދު ވަރުގަދަކޮށް، ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިންގާ ވިޔަފާރިތަކުގެ ބައިވެރިވުން އިޤުތިޞާދީ ހަރަކާތްތަކުގައި އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހާއްސަ ތަޞައްވުރުގެ ދަށުން އިންތިޒާމުކުރެވިފައިވާ ހަރަކާތެކެވެ.

މި ޑައިލޮގްގެ ތެރެއިން އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމުގައި ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ އަމާޒަކީ މިފަދަ ބައްދަލުވުންތަކުގެ އެހީގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އިޤުތިޞާދީ ފުރުޞަތުތައް ފުޅާކޮށް، އިޤުތިޞާދު ވަރުގަދަކުރުމެވެ. މި މަސައްކަތުގެ ސަބަބުން އައްޑޫ ސިޓީގެ އިޤުތިޞާދީ ދުވެލި ހަލުވިވެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ފަހުގެ
HDC