logoEN
cocacola
ހޮޅުދޫ މަގުހެދުމުގެ މަސައްކަތް ފެށުމަށް ސާރވޭ ފަށައިފި

ހޮޅުދޫ މަގުހެދުމުގެ މަސައްކަތް ފެށުމަށް ސާރވޭ ފަށައިފި

އަލްފާ އަލީ

logo

12/14/2022, 11:17:36 AM

# އާރުޑީސީ

Fj2ld_KVIAANDvM

ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއު ފެށުމަށްޓަކައި ކުރަން ޖެހޭ ސާރވޭގެ މަސައްކަތް އާރުޑީސީން ފަށައިފި އެވެ.

ގޮސިޔާ

އާރްޑީސީން ވިދާޅުވީ، ނ.ހޮޅުދޫ މަގުހެދުމުގެ މަސައްކަތް ފެށުމަށްޓަކައި އާރުޑީސީ އާއި އެރަށުގެ ކައުންސިލް އަދި ސްޓޭކްހޯލްޑަރުންނާއި މިހާރު ބައްދަލުކޮށްފައިވާ ކަމަށާއި، އަދި ސާރވޭގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ.

ނ.ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތަކީ ރަށުގެ ކައުންސިލުންވެސް ސަރުކާރުގައި އެދެމުން އަންނަ މަސައްކަތަކެވެ. އަދި މިއަހަރުގެ ޖޫން މަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ހޮޅުދުއަށް ކުރެއްވި ދަތުރުފުޅުގައިވެސް ރަށުގެ ކައުންސިލުން ވަނީ، އެރަށުގެ މަގުތައް ތަރައްޤީކޮށްދެއްވުމަށް ރައީސްއަށް ދަންނަވާފައެވެ.

ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ރަށުގެ 4.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މަގުހެދުމުގެ މަސައްކަތުގެ ތެރޭގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ޕްލޭނިންގ މިިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހު 31 ވަނަ ދުވަހުގައެވެ. މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 71 މިލިއަން ރުފިޔާއަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ