
ފަރެސްމާތޮޑާ އެއަރޕޯޓަކީ ރިކޯޑް މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މަޝްރޫއެއް - އެމް.ޓީ.ސީ.ސީ
# ގދ.ފަރެސްމާތޮޑާ# އާދަމް އާޒިމް# އެމްޓީސީސީfaresmaathoda airport
ގދ. ފަރެސްމާތޮޑާ ގައި އަޅަމުންދާ އެއަރޕޯޓަކީ ރިކޯޑް މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މަޝްރޫއެއް ކަމަށް އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ރިޔާސީ ބަޔާން 2021"ގެ ނަމުގައި ޕީ.އެސް.އެމް ނިއުސްއިން ކުރިއަށްގެންދާ ކަވަރޭޖުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، ފަރެސްމާތޮޑާ އެއަރޕޯޓަކީ ރިކޯޑް މުއްދަތެއްގެ ތެރޭގައި ނިންމުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢެއް ކަމަށާއި، އެމް.ޓީ.ސީ.ސީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުމަހަށް އެއަރޕޯޓުގެ ހުރިހާ މަސައްކަތްތަކެއްވެސް ނިންމާލުން ކަމަށެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ޚާއްސަކޮށްފައިވަނީ އެތެރޭގެ އުދުހުންތަކަށެވެ. މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 1200 މީޓަރުގެ ރަންވޭ ހެދުމާއި ޓެކްސީވޭއާއި ޕްލައިޓް ޕާކުކުރާ އޭޕްރަންއާއި ސަރވިސް ރޯޑް ޤާއިމުކުރުން ހިމެނެއެވެ.
144.8 މިލިއަން ރުފިޔާގެ މި މަޝްރޫގެ މަސައްކަތް މުޅިން ނިންމުމަށް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 1 އަހަރާ 8 މަސް ދުވަހުހެ މުއްދަތެކެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަކީ އެންމެ ފަހުން ރާއްޖޭގައި ތަރައްޤީކުރަން ފެށި އެއަރޕޯޓްއެވެ. މިތަނުގެ މަސައްކަތަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ. ފަރެސްމާތޮޑާގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިމުނުނަމަވެސް، އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. ދިގު މުއްދަތަކަށްފަހު ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއާ ސަރުކާރުން ޙާވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.
ގުޅުންހުރި

ޢާޒިމްގެ އިލްތިމާސް: ތެލެސީމިއާގެ ވޭން ތަޙައްމަލް ކުރަމުންދާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާ!

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!
