
ސަރުކާރުގެ ޓެކްސީ ލައިނަށް 107 ޑްރައިވަރުން ހޯދަން އިއުލާންކޮށްފި
# ރައީސް މުއިއްޒު# ޓެކްސީ ޑްރައިވަރ# އެމްޓީސީސީސަރުކާރުގެ ޓެކްސީ ލައިނަށް ބޭނުންކުރާ ކާރުތައް- ފޮޓޯ: އެމްޓީސީސީ
ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ މާލެ ޓެކްސީ ސާވިސް އަށް ބޭނުންވާ އިތުރު 107 ޑްރައިވަރަކު ހޯދުމަށް އިއުލާނު ކޮށްފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ކުރި އިއުލާނުގައިވަނީ 107 ޑްރައިވަރުން ނަގަނީ ކޮންޓްރެކްޓް އުސޫލުން 1 އަހަރަށް މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކޮންޓްރެކްޓް އިތުރުކުރާ އުސޫލުންނެވެ.
ކޮންޓްރެކްޓް ދަށުން ނަގާ ޑްރައިވަރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހަފުތާއަކު ހަ ދުވަހު، އަށް ގަޑިއިރު ކަމުގައި ކަނޑައަޅާފައިވާ އިރު، ޓެކްސީ ލައިންގެ ޑްރައިވަރުންގެ އަތުގައި ބީ-1 ނުވަތަ ބީ-2 ކެޓަގަރީއެއްގެ ލައިސަންސެއް އޮންނަން ޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ޑްރައިވަރުންނަށް އިސްކަންދޭނެކަމަށްވެސް މި އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމުގެ ކުރިން ފޯމު ހުށަހެޅުމަށް އެމްޓީސީސީން ވަނީ ހުޅުވާލާފަ އެވެ. އަދި މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާއި، އާދީއްތަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އިންޓަވިއުކުރާނެ ކަމަށް، އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ ދަށުން ފަށާ މި ޓެކްސީ ސާވިސްއަށް ބޭނުންވާ 60 ކާރު މިހާރު މާލެ އެތެރެކޮށްފައިވާއިރު، މި ކާރުތަކުގެ ހިދުމަތް މިއަންނަ މަހު 2 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި މި ހިދުމަތައް ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ތަކެކެވެ.
އެމްޓީސީސީން ބުނެފައިވަނީ 24 ގަޑިއިރަށް ހިދުމަތްދޭ ގޮތައް ތައާރްފުކުރެވޭ މި ޓެކްސީ ހިދުމަތް ދޭނީ އެކަމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ. އަދި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
އެމްޓީސީސީން އިތުރަށް ބުނީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި، އެޕް ބޭނުންކުރުމުގައި އަދި ދިމާވާ އެހެނިހެން ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ހޮޓްލައިން ނަންބަރު، 1655 ގާއިމުކޮށްފައިވާނެ ކަމަށެވެ.
މިއީ ރައްޔިތުންގެ ޝަކުވާއަށް ވަރަށް ބޮޑު ލުއިއެއް ލިބިގެންދާނެ ކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ގުޅުންހުރި

ސަރުކާރުގެ ޓެކްސީ ލައިނަށް 107 ޑްރައިވަރުން ހޯދަން އިއުލާންކޮށްފި

ބަންގްލަދޭޝްގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި

ނިލަންދޫއާއި ހޯޑެއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

.gif&w=3840&q=75)



