logoEN
cocacola
ހަރެހެރި މުބާރާތުގެ ޗެމްޕިއަންކަން އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބަށް!

ހަރެހެރި މުބާރާތުގެ ޗެމްޕިއަންކަން އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބަށް!

# ހަރެހެރި 2022

AMN_5494

ބޮޑު ތަފާތަކުން ޑީއެފްސީ ބަލިކޮށް ހަރެހެރި 2022ގެ ޗެމްޕިއަން އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބުން ހޯދައިފި އެވެ.

ގޮސިޔާ

ތިނަދޫ އާރު އަވަަށު ދަނޑުގައި ކުޅެވުނު މި މުބާރާތުގެ ފައިނަލް މެޗު އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބުން ކާމިޔާބުކުރީ 9-1 ގެ ނަތީޖާއަކުން ޑީއެފްސީ ބަލިކޮށްގެންނެވެ.

ފުރަތަމަ ހާފު ފެށިގެން ކުރީކޮޅުގައި ހޮސްޕިޓަލް ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ހޮސްޕިޓަލު ކުޅުންތެރިޔަކު ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކޮށް ބޭރަށް ފޮނުވާލުމުން އެޓީމުގެ ޖ. 6 ހުސެއިން ޝަރީފް (އޮންލީ) ވަނީ ގޯލެއް ޖަހައި ލީޑު ނަގާފައެވެ. އޭގެ ފަހުންވެސް ހޮސްޕިޓަލުން ދިޔައީ ހަމަލާތަކެއް އުފައްދައި ޑީއެފްސީ ގޯލަށް ނުރައްކާކުރަމުންނެވެ. 4ވަނަ މިނެޓުގައި ހޮސްޕިޓަލް ޓީމުގެ ޖ. 7 އިބްރާހިމް ހުސެއިން ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ގޯލަކީވެސް ކީޕަރު ދިފާއުކޮށް ބޭރަށް ފޮނުވާލި ބޯޅައެއް ހޯދައި ހުސެއިން ބޮލުން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. 8ވަނަ މިނެޓުގައި ހޮސްޕިޓަލް ޓީމުގެ ޖ. 10 އަޔާޒް ވަނީ އިދިކޮޅު ހާފުގެ މެދެއްހާ ހިސާބުން ގޯލެއް ކާމިޔާބުކޮށްފައެވެ. 12ވަނަ މިނެޓުގައި ހޮސްޕިޓަލު ޓީމުގެ ޖ. 7 އިބްރާހިމް ހުސެއިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ. އިދިކޮޅު އޭރިއާތެރެއިން ފާރިޝް ނަގައިދިން ހުރަހަކުން ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގައި ޑީއެފްސީއަށް ގޯލަށް އަމާޒުކޮށް ފުރަތަމަ ހަމަލާއެއް އުފެއްދިފައިވަނީ 13ވަނަ މިނެޓުގައެވެ. ޑީއެފްސީގެ ޖ. 22 ބޮލުން ފޮނުވާލި ބޯޅަ، ހޮސްޕިޓަލް ޓީމުގެ ކީޕަރު ޒައިދާން ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ. ހަމަ އެގަޑީގައި އެޓީމުން ކުރިއަށް ކުޅުނު ބޯޅައިން ހޮސްޕިޓަލް ޓީމުގެ ޖ 14، ފާރިޝް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

ފުރަތަމަ ހާފުގެ ފަހުމިނެޓުގައި ހޮސްޕިޓަލް އޭރިއާ ރޮނގުމަތިން ޑީއެފްސީއަށް ލިބުނު ހިލޭ ޖެހުމެއްގެ ބޭނުން ހިފައި ޑީއެފްސީން ވަނީ މި މެޗުގެ ދެވަނަ ގޯލް ކާމިޔާބުކޮށްފައެވެ. ޑީއެފްސީއަށް މި ގޯލް ކާމިޔާބުކޮށްދިނީ ޖ. 9 ނާއިލް މުޙައްމަދު އެވެ. މިއީ ޑީއެފްސީއަށް ފުރަތަމަ ހާފުގައި ހޮސްޕިޓަލް ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ދެވަނަ ބޯޅައެވެ. އެއާ ހިލާފަށް ހޮސްޕިޓަލް ޓީމުން ވަނީ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ފުރަތަމަ ހާފު ނިންމާލީ 5-1 ގެ ނަތީޖާއަކުން ހޮސްޕިޓަލް ޓީމު ކުރީގައި އޮވެގެންނެވެ.

undefined

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ހޮސްޕިޓަލް ޓީމުގެ އޮންލީއަށް ގޯލް ޖަހަން ލިބުނު ހުސް ފުރުސަތެއް ވަނީ ބޭކާރުކޮށްލާފައެވެ. ކީޕަރި ގައިން ނެއްޓި ހުސްގޯލަށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ ދިޔައީ ގޯލްގެ އަތިމަތިން ބޭރަށެވެ. ނަމަވެސް ދެވަނަ ހާފުގެ 7ވަނަ މިނެޓުގައި އޮންލީ ވަނީ އިދިކޮޅު ހާފުގެ މެދެއްހާ ހިސާބުން ބާރު ބޯޅައެއް ފޮނުވާލައި އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފާ ހިލާފަށް ޑީއެފްސީން ވަނީ ކޮންމެވެސް ވަރަކަށް ބޯޅަ ހިފަހައްޓައި ގޯލް ކާމިޔާބުކުރަން މަސައްކަތްކޮށްފައެވެ. ދެވަނަ ހާފުގެ 10ވަނަ މިނެޓުގައި ހޮސްޕިޓަލު ޓީމުން އުފެއްދި ހަމަލާގައި އޮންލީއަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތުގެ ހުރަހަކަށވީ ޑީއެފްސީގެ ޒުވާން ގޯލް ކީޕަރެވެ.

ދެވަނަ ހާފުގެ 11ވަނަ މިނެޓުގައި އަޔާ ވަނީ އިތުރު ދެގޯލް ކާމިޔާބުކޮށް މި މެޗުގައި ހެޓްރިކް ހަދާފައެވެ. އަޔާޒްގެ ދެވަނަ ގޯލަކީ އިދިކޮޅު ހާފުގެ މެދެއް ހާ ހިސާބުން ކާމިޔާބުކުރި ގޯލެކެވެ. އަޔާ 3 ވަނަ ގޯލް ކާމިޔާބުކުރީ ކީޕަރު ައަތުގައި ޖެހި ބޭރަށް ނުކުތް ބޯޅައެއް ގޯލުގެ އޭރިއާތެރޭގައި އަރިމަތީގައި ހުރެ ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ ފަހުންވެސް ހޮސްޕިޓަލު ޓީމުގެ އަޔާ އާއި އޮންލީ އުފެއްދި އެޓޭކް ޑީއެފްސީ ގޯލް ރޮނގުމަތިން ދިފާއުކުރީ ޑީއެފްސީއަށް ގޯލް ކާމިޔާބުކޮށްދިން ނާއިލް އެވެ.

ދެވަނަ ހާފުގައި ހޮސްޕިޓަލް ޓީމުގެ ޖ. 09 އިބްރާހިމް އަހުމަދު ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 9-1 އަށް ބަދަލުކޮށްފައެވެ.

މި މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ހޮސްޕިޓަލް ޓީމުގެ ޖ. 10 އަޔާޒު އަހުމަދު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ