logoEN
Sto top
ފަހަތުން އަރައި ޖަޕާނުން ވަރުގަދަ ޖަރުމަން ބަލިކޮށްފި

ފަހަތުން އަރައި ޖަޕާނުން ވަރުގަދަ ޖަރުމަން ބަލިކޮށްފި

އަހުމަދު މާހު

logo

11/23/2022, 8:55:14 PM

# ޖަރުމަން ގައުމީ ޓީމް ،# ފީފާ ވޯލްޑް ކަޕް 2022# ޖަޕާން

E1DB06D5-9FD6-406E-91AC-211FA2EAE0A5

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީ ގައި މިރޭ ކުޅުނު މެޗުން، ފަހަތުން އަރާ ޖަޕާނުން މޮޅުވެއްޖެއެވެ.

Wamco

ޖަރުމަނުން ފުރަތަމަ ހާފުގައި ލީޑް ނެގީ ލިބުނު ޕެނަލްޓީއެއްގައި އިކައި ގްންޑޮގާން އެވެ. މިއީ ކިމިޗަށް ޖަޕާންގެ ގޯލްކީޕަރު ކުރި ފައުލްއަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ގުންޑޮގަން ކާމިޔާބުކުރި ގޯލެކެވެ.

ޖަރުމަނު މުޅި ފުރަތަމަ ހާފުގައި އެއްކޮށް ކަހަލަ ގޮތަކަށް ބޯޅަ ކޮންޓްރޯލް ކޮށްގެން އެޓޭކް ކުރަން ދިޔަައީ މަސައްކަތް ކުރަމުންނެވެ. އަދި ޖަރުމަނުން ފުރަތަމަ ހާފުގައި ޖަޕާންގެ ގޯލަށް ބާރު ބޮޑު ކުރި އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކައި ހަވާޓްޒް ޖެހި ގޯލެއް ވީއޭއާރް ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމާ ލަނޑު ކެންސަލް ކޮށްފަ އެވެ.

ދެވަނަ ހާފުގައި ޖަޕާނުން ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުނަ ޖަޕާނަށް ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ރިޓުސޫ ޑޯން ޖެހީ މެޗުގެ 75 ވަނަ މިނެޓްގަ އެވެ. މިއީ މިނަމީނޯ ފޮނުވާލި ހަމަލާ ޖަރުމަނުގެ ގޯލްކީޕަރ ނޯޔާ ސަލާމަތްކުރުމުން އެނބުރި އައި ބޯޅަ ގޯލަށް ފޮނުވަލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އެ ޓީމު މެޗުން މޮޅުކޮށްދިން ލަނޑު83 ވަނަ މިނުޓުގައި ޓަކުމާ އަސާނޯ ޖެހީ ޖަރުމަންގެ ކީޕަރު މެނައުލް ނޯޔާ ހުރި ފަޅިއަށް ބާރު ހަމަލާއެއް ފޮނުވައިގެންނެވެ.

އެގޮތުން ގުރޫޕް އީގައި ޖަޕާނު ދެން ބައްދަލުކުރާނީ ކޯސްޓާ ރީކާއެވެ. އަދި ޖަރުމަން ބައްދަލުކުރާނީ ގްރޫޕް އީޣޭ ފޭވަރިޓް ކަމަށްވެސް އެންމެން ބުނާ ސްޕެއިން އާއިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside