
ފުރާނަ ސަލާމަތް ކުރަން ވެކްސިން ޖެހުމަކީ ޒަރޫރީ ކަމެއް: ޝަހީމް
# ކޮވިޑް19# ވެކްސިން# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުDr.SHaheem
ނުރައްކާތެރި ބަލިމަޑުކަމުގެ ވަބާއިން ފުރާނަ ސަލާމަތްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމަކީ ޝަރުޢީ މަގްސަދުތައް ނަޒަރުން ބަލާއިރު ޒަރޫރީ ކަމެއް ކަމަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ދީނީ އިލްމުވެރިޔާ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ގައުމަށް ކުރިމަތިވެފައިވާ މި ނާޒުކު، ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި ގައުމީ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކޮށް ގައުމު ރައްކާތެރި ބަނދަރަކަށް ގެންދިއުމަށް އެންމެން އެކީ ވަރުގަދަ އަޒުމަކާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ޝަހީމްގެ ޓްވީޓުގައި ވިދާޅުވީ، ޞިއްޙީ މާހިރުންނަށް އިތުބާރުކޮށް ބަލިން ސަލާމަތްވުމުގެ ސަބަބުގައި ހިފުމުގެ ގޮތުން އެންމެހާ ރައްޔިތުން ކޮވިޑް19 އިން ސަލާމަތްވުމަށްޓަކައި ވެކްސިން ޖެހުމަކީ މުޅި މުޖުތަމަޢަށް ހޯދައިދެވޭނެ ރައްކާތެރިކަމެއްކަމުގައި ދެކޭކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ވަރަށް ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ވެކްސިން ހަމަވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވާ އިރު، ރާއްޖެ އަށް ތަފާތު ވައްތަރުގެ ވެކްސިން ގެންނާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވާފައިވެއެވެ.
ގުޅުންހުރި

ޝަހީމް އަދާލަތު ޕާޓީއާއި ގުޅެން މެމްބަރޝިޕް ފޯމް ހުށަހަޅުއްވައިފި: ޕާޓީންވެސް ފޯމު ބަލައިގަތުމަށް ނިންމައިފި!

މިނިސްޓަރު ޝަހީމް އަލުން އަދާލަތު ޕާޓީއާއި ގުޅިވަޑައިގަންނަވަނީ

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސްމާލަކީ އިމާމުން - ޝަހީމް
