
ދަޢުވަތުގެ މަސައްކަތްތައް ކުރާ ޖަމްޢިއްޔާތަކަށް ޝަހީމްގެ ތައުރީފް!
# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު-
ދަޢުވަތުގެ މަސައްކަތްތައް ކުރާ ޖަމްޢިއްޔާތަކަކީ ހަޤީޤަތުގައިވެސް ވަރަށް މުހިއްމު ޚިދުމަތްތަކެއް މުޖުތަމަޢުއައް ފޯރުކޮށްދެއްވަމުން ގެންދަވާ ޖަމްޢިއްޔާތަކެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2025 ފެށުމަށް މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެނެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، ވުޒާރާގެ އަމާޒަކީ ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކާއި ގާތް ގުޅުމެއް ބޭއްވުންކަމަށާއި، މިގޮތުން ބާއްވަން ފެށުނު އަހަރީ ބައްދަލުވުން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަަމަށެވެ. އަދި ފާއިތުވެދިޔަ އަހަރުވެސް ވުޒާރާއިން ޖަމްޢިއްޔާތަކަށް ތަފާތު އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާނެކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މިގޮތުގައި ދެމިހުންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އަހަރީ ބައްދަލުވުމުގައި ޖަމްޢިއްޔާތަކުން ދޭ ލަފާއާއި މަޝްވަރާއަކީ ވުޒާރާގެ މަސައްކަތްތަކަށް މުހިއްމު ކަމެއްކަމަށާއި، ޖަމްޢިއްޔާތަކުގެ ޚިޔާލާއި މަޝްވަރާ އުފަލާއެކީ ބަލައިގަންނާނެކަަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ޖަމްޢިއްޔާތަކާިއ ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވުޒާރާއިން ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މިއަދު ފެށުނު ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުން ބައިވެރިވެއެވެ.
ގުޅުންހުރި

ދަޢުވަތުގެ މަސައްކަތްތައް ކުރާ ޖަމްޢިއްޔާތަކަށް ޝަހީމްގެ ތައުރީފް!

ޙައްޖާއި ޢުމްރާގެ ޚިދުމަތް އާ ހަރުފަތަކަށް ގެންދިއުމަކީ ރައީސް މުޢިއްޒުގެ އަމާޒެއް - ޝަހީމް

ފާއިތުވެދިޔަ ދެ އަހަރު އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ފެތުރުއްވުުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ





