
ިއިސްލާމިކް މިނިސްޓްރީން މައުލޫމާތު ހާމަކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭ- ޝަހީމް
# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު-
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަކީ މައުލޫމާތު ހާމަކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭ އަދި އެކަމާ ގުޅިގެން ހެދިފައިވާ އެންމެހައި ޤާނޫނުތަކަށް އިޙުތިރާމްކުރާ އިދާރާއެއްކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މީޑީއާތަކަށް ފޮނުއްވެވި މެސެޖެއްގައެވެ. ވަޒީރު ވިދާޅުވީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަކީ މިހާތަނަށް ވެސް ވުޒާރާއަށް ހުށަހެޅެމުންދާ އެންމެހައި ހުށަހެޅުންތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދެމުންދާ ވުޒާރާއެއްކަމަށާއި މީޑިއާތަކާއި ނުހަނު ގާތްކަން ބާއްވާ ވުޒާރާއެއްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
2024 ވަނަ އަހަރާއި 2025 ވަނަ އަހަރު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް 101 މައްސަލައެއް ހުށައެޅުނުއިރު މީގެ ތެރެއިން 93 މައްސަލައަކަށް ވުޒާރާއިން ވަނީ ޖަވާބުދާރީވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 2024 ވަނަ އަހަރު ހުށައެޅުނު 60 ހުށައެޅުމަކާއި 2025 ވަނަ އަހަރު ހުށައެޅުނު 41 ހުށައެޅުމެވެ. 2024 ވަނަ އަހަރުގެ ހުރިހާ ހުށައެޅުމަކަށް އިޖާބަދީ ޖަވާބުދާރީވެފައިވާއިރު، 2025 ވަނަ އަހަރު ޖަވާބުނުދެވިވާ 8 ހުށައެޅުމަކީ ވުޒާރާގެ އިންފޮމޭޝަން އޮފިސަރު ވަކިވުމާއި ގުޅިގެން ޖަވާބު ނުދެވިވާ ހުށައެޅުންތަކެކެވެ. އަދި މިކަމަށް ހައްލު ހޯދުމަށްޓަކައި އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ވުޒާރާއިން ކުރަމުންދާއިރު، މިކަމުގެ މަޢުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ވަނީ ޙިއްސާ ކުރެވިފައެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަކީ، ވުޒާރާއިން ކުރަމުންދާ އެންމެހާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ކުރިއަށްހުރި ބޮޑެތި މަސައްކަތްތަކުގެ މަޢުލޫމާތު ތާޒާކަމާއެކު މީޑީއާތަކާއި ހިއްސާކުރާ ވުޒާރާއެކެވެ.
މީގެ އިތުރުން ވުޒާރާގެ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނާއި ވީހާވެސް ގާތުން ޙިއްސާކުުރުމަށްޓަކައި ފާއިތުވެދިޔަ ދެ އަހަރު 'މީޑީއާ މައުރަޒު’ގެ ނަމުގައި ޚާއްސަ މައުރަޒެއް ބާއްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ހާމަކުރުމަށް ނުހަނު ބޮޑު އިސްކަމެއްދޭ- ޝަހީމް

ދަޢުވަތުގެ މަސައްކަތްތައް ކުރާ ޖަމްޢިއްޔާތަކަށް ޝަހީމްގެ ތައުރީފް!

ޙައްޖާއި ޢުމްރާގެ ޚިދުމަތް އާ ހަރުފަތަކަށް ގެންދިއުމަކީ ރައީސް މުޢިއްޒުގެ އަމާޒެއް - ޝަހީމް





