
Screenshot 2022-11-18 at 18.25.18
ގދ ފަރެސްމާތޮޑާ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ގދ ކަޅައިދޫގައި ރެސްޓޯރެންޓެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.

ފަރެސްމާތޮޑާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ " ގދ ކަޅައިދޫއާ " ގައި އަމިއްލަ ތަކެތީގައި ރެސްޓޯރެންޓެއް ގިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެފައިވާ ކަމަށެވެ.
އެގޮތުން އެކައުންސިލުން ވަނީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިމަޝްރޫއުއާއި ގުޅޭ މައުލޫމާތު ސެޝަން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގައި ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައި އެވެ.
މި މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ 11:00 ގައި ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގދ ކަޅައިދޫ ތަރައްޤީކުރުމަށް ހަމަޖެހިފައިވީ ފްލޯޓިންގ ރެސްޓޯރެންޓުގެ ކޮންސެޕްޓަށެވެ. ކަޅައިދޫއަކީ ފަރެސްމާތޮޑާގެ ހުޅަނގަށް އެރަށުގެ ފަޅު ތެރޭގައި އޮންނަ ކުޑަ ފަޅު ރަށެކެވެ.