ޕްރިންޓެކްގެ ސީސީޓީވީ ފުޓޭޖެއް ލީކުވުމުން މާފަށް އެދެފި
އަލްފާ އަލީ
11/10/2022, 7:13:20 PM
DSC_8667-1024x684
ގދ. ތިނަދޫގައި ފުޅާ ދާއިރާއެއްގައި ޕްރިންޓިންގ ގެ ހިދުމަތް ދެމުން އަންނަ ޕްރިންޓެކް ގެ ސީސީޓީވީ ފުޓޭޖެއް ލީކުވުމުން އެކުންފުނިން އެކަމަށް މާފަށް އެދެފި އެވެ.
ޕްރިންޓެކުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޕްރިންޓެކް އިން ހިދުމަތް ހޯދި ކަސްޓަމަރެއްގެ ސީސީޓީވީ ފުޓޭޖް ލީކުކޮށް ނަހަމަގޮތުގައި ފަތުރަމުން ދާތީ އެ އަމަލު ކުށްވެރިކޮށް އެކަސްޓަމަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
ނޮވެމްބަރު 5 ވަނަ ދުވަހު ޕްރިންޓެކް ފިހާރައިން ކަސްޓަމަރެއް ޕްރިންޓުކުރި ތަކެއްޗެއް އެކުލެވިގެންވާ ވީޑިއޯ ފުޓޭޖެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެކަން ހިނގައިދިޔަގޮތް ޕްރިންޓެކް މެނޭޖްމަންޓުގެ ފަރާތުން ބަލަމުން އަންނަކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ނޮވެމްބަރު 5ވަނަ ދުވަހު ބޭއްވުނު ޕީޕީއެމް އެތެރޭގެ އިނތިހާބުގައި ވޯޓު އޮޅުވާލުމަށް ޕްރިންޓެކުން ވޯޓު ކަރުދާސް ޕްރިންޓުކުރިކަމަށް ބުނާ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
"ޕީޕީއެމް އެތެރޭގެ އިންތިޚާބުގައި ތިނަދޫގައި ވޯޓު ކަރުދާސް ޕްރިންޓުކޮށް އިންތިޚާބު އޮޅުވާލިކަމުގެ ތުހުމަތުތަކެއް"
"މިކަން ތަހުގީގުކުރުމަށްޓަކައި ޕްރިންޓެކް މެނޭޖްމަންޓުގެ ފަރާތުން އިންޑެޕްންޑެންޓް އިންވެސްޓިގޭޓަރަކާއި ހަވާލުކޮށްގެން ކުރިއަށް އެބަ ގެންދަން " ޕްރިންޓެކް
ޕްރިންޓެކުން އިތުރަށް ބުނެފައިވަނީ، މިކަމާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކާއި މައުލޫމާތު ހިއްސާކޮށް އަޅާންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެކުންފުނިން ހިދުމަތް ހޯދި ކަސްޓަމަރެއްގެ ހައްގުތަކަށް އުނިކަން ލިބިފައިވާތީ ޕްރިންޓެކް މެނޭޖްމަންޓްގެ ފަރާތުން ވަނީ މާފަށް އެދިފައެވެ.
ޕްރިންޓެކް ނަމުގައި މި ވީޑިއޯތައް ނުފެތުރުމަށް އެކުންފުނިން ވަނީ އެދިލައްވާފައެވެ.