
އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކޮށްފި
# އަލިފާނުގެ ހާދިސާ# ޖުމްހޫރީ ދުވަސް197842_c06aa65d-b_
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވަން ހަމަޖައްސާފައޮ އޮތް ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކޮށްފިއެެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކޮށްފައިވަނީ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، މިރޭ ބާއްވަވާ ގޮތަށް އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާރެއަށް ފަސްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވަާފައިވާކަމަށެވެ. އެހެންކަމުން މި ޖަލްސާއަށް ދަޢުވަތު އެރުވިފައިވާ ބޭފުޅުން، ދައުވަތު އެރުވިފައިވާ ގަޑިއަށް މާދަމާރޭ ޖަލްސާއަށް ވަޑައިގަތުމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ކީރިތި ޤުރްއާން ހިތުދަސްކޮށްގެން 1 ވަނަ ދަރަޖާގައި ފާސްވި 13 ޙާފިޒުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައިފައިވާ 9 ބޭފުޅަކަށާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅުނަށް އިނާމްދޭނެއެވެ.
ގުޅުންހުރި

އަލިފާން ރޯވި މަސްދޯނި އަޑިއަށް، ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ!

މަސްދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ

15 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީ

.gif&w=3840&q=75)



