
-
ށ.މިލަންދޫ ފައިބާ މަސައްކަތް ކުރާ ތަނުގައި ރޯވި އަލިފާންގަނޑުގައި 3 ޑިންގީއެއް އަނދައިފި އެވެ.

ފުލުހުން ބުނީ މިތަނުގައި އަލިފާން ރޯވެފައިވާ މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ 23:09 ކަންހާއިރު ކަމަށެވެ. އަދި އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ރޭ ދަންވަރު 1:00 ކަންޙާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް 3 ޑިންގާއާއި އެ އެޅުމަށް ބޭނުންކުރާ ތައްގަނޑު ތަކެއްގެ އިތުރުން ފައިބާ މަސައްކަތައް ބޭނުންކުރާ ތަކެތި އަދި ތަނަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަަށެވެ.




