logoEN
cocacola
ޕީޕީއެމް އެތެރޭގެ އިންތިޚާބުގައި ތިނަދޫގައި ވޯޓު ކަރުދާސް ޕްރިންޓުކޮށް އިންތިޚާބު އޮޅުވާލިކަމުގެ ތުހުމަތުތަކެއް

ޕީޕީއެމް އެތެރޭގެ އިންތިޚާބުގައި ތިނަދޫގައި ވޯޓު ކަރުދާސް ޕްރިންޓުކޮށް އިންތިޚާބު އޮޅުވާލިކަމުގެ ތުހުމަތުތަކެއް

# ޕީޕީއެމް

Screenshot 2022-11-08 at 21.16.48

ދާދި ފަހުން ބޭއްވި ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގައި ގދ. ތިނަދޫ ދެ ދާއިރާގައި ބެހެއްޓި ފޮށިތަކަށް އިތުރަށް ޕްރިންޓުކޮށްގެން ވޯޓު ކަރުދާސް އަޅައި އިންތިޚާބު އޮޅުވާލިކަމަށްް ތުހުމަތުކޮށްފިއެވެ.

ގޮސިޔާ

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ، އިންތިޚާބު ބޭއްވުމަށް ތިނަދޫއަށް އެދުވަހު އައިސް ހުންނެވި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު އަދި ތިނަދޫ ޕީޕީއެމްގެ އިސްފަރާތެއް ކަމަށްވާ މުހައިމިން ހުސައިންް ތިނަދޫގެ ޕްރިންޓުކުރާ ތަނެއްގައި އިންތިޚާބާ ގުޅޭ ލިޔުންތަކެއްް ކަމަށްބުނާ އެއްޗެއް ޕްރިންޓުކުރަން ތިއްބައެވެ.

މީސްމީޑިއާގައި އެވީޑިއޯ ހިއްސާކުރި ފަރާތުން ބުނެފައިވަނީ، ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ތިނަދޫގެ ދެ ދާއިރާގައި ބެހެއްޓި ފޮށިތަކުގައި ވޯޓު ޕްރިންޓުކޮށް ވޯޓުން ވައްކަންކޮށް އޮޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިކަމާއި ގުޅިގެން މި އިންތިހާބުގަ ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓަކު ބުނެފައިވަނީ ޕާޓީގެ މަސްލަހަތައްޓަކައި ދައްކަން ބޭނުންނުވާ ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށާއި، މައްސަލަ ބަލާނިމޭއިރު ޕާޓީގެ ފަރާތުން އިންތިހާބު ބާއްވަން އައި މީހުން ޕާޓީއިން ވަކިކުރަން ޖެހޭވަރުގެ ބޮޑެތި ޖަރީމާތައް އެފަރާތްތަކުން ހިންގާފައިފާ ކަމަށެވެ.

undefined

އިންތތިހާބުގައި ވަކި މީހަކު ހޮވުމަށް ޕާޓީގެ ފަރާތުން އިންތިހާބު ބާއްވަން ފޮނުވި ފަރާތްތަކުން މަސައްކަތް ކޮށްފައިވާކަމަށް ބައެއް ކެންޑިޑޭޓުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި މާލޭގައި ބެހެއްޓި ތިނަދޫ ވޯޓްފޮށީގެ އޮފިޝަލަކަށް ހުރީ އެމްޑީޕީގެ މެމްބަރެއް ކަމަށްވެސް ކެންޑިޑޭޓަކު ވަނީ މައުލޫމާތު ދެއްވާފައެވެ. އިންތިހާބުގެެ ސައްހަކަން ގެއްލިފައި ވާކަމަށާއި މި އިންތިހާބު ދެފުށްފެންނަ ގޮތަށް މިނިވަންކޮށް އަލުން ބާއްވަން ޖެހޭކަމަށްވެސް މި ކެންޑިޑޭޓްވަނީ ބުނެފައެވެ.

އިންތިހާބުގެ ހުރިހާ މަރުހަލާއެއްގަވެސް އަތޮޅުކައުންސިލްގެ ރައީސް ފައިހަތުގެ ނުފޫޒްއޮތް ކަމަށާއި މި އިންތިހާބު ވަނީ އެންމެން ގުޅިގެން ވަގަށް ނަގާފައިކަމަށް ބުނެފައިވެއެވެ. ޕާޓީއަށް އަދި ރައީސް ޔާމީން އަށް އިތުބާރު ކުރައްވާ ކަމަށާއި މި ވައްކަން ބަލާ ފިޔަވަޅު އަޅާދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މި ކެންޑިޑޭޓް ބުނެފައިވެއެވެ.

މި މައްސަލަ ވަނީ މިހާރު ޕާޓީ އޮފީހަށް ރަސްމީކޮށް ހުށަހަޅާފައި ކަމަށްވެސް ކެންޑިޑޭޓަކު މައުލޫމާތު ދީފައިވެއެވެ.

ޕާޓީގެ އިސްް ފަރާތްތަކެއް އިސްވެތިބެ، ޕާޓީގެ އަގު ވައްޓާލައި ޕާޓީގެ މެމްބަރުންގެ ހައްގު ނިގުޅައިގަތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އިންތިޚާބުގެ ސައްޚަކަން ގެއްލިފައިވާތީ އަލުން އިންތިޚާބު ބާއްވަން ޖެހޭކަމަށް އެފަރާތުން ބުނެފައިވެއެވެ.

undefined

ފޭސްބުކުގައި ލީކްވި މި ވީޑިއޯއާއި ގުޅިގެން ޕީޕީއެމް ތިނަދޫ ސްޓިއަރިންގ ކޮމެޓީގެ ރައީސް މުހައިމިން ހުސެއިން ބުނެފައިވަނީ ވޯޓު ކަރުދާސް ޕްރިންޓްކޮށްފަައިނުވާ ކަމަށާއި ޕްރިންޓުކުރީ މަންދޫބުންގެ ކާޑު ކަމަށެވެ. ނަމަވެސް އިންތިހާބުގެ ކަންކަމާއި ހަވާލުވެގެން ތިނަދޫއަށް އައި ޕީޕީއެމްގެ އޮފިޝަލަކު ބުނެފައިވަނީ ވޯޓު ކަރުދާސް ޕްރިންޓުކޮށްފައިވާ ކަމަށާއި ވޯޓު ކަރުދާސް ޕްރިންޓުކުރީ މަދުވެއްޖެ ހާލަތެއްގައި ބޭނުންކުރަން ކަމަށެވެ.

undefined

ފޭސްބުކުގައި އާންމުވެފައިވާ މި ވީޑިއޯއަށް ކޮމެންޓުކުރި ގިނަ އާންމު ފަރާތަކުން ބުނެފައިވާ ގޮތުގައި އިސްފަރާތްތަކުން ދައްކާ ވާހަކަތަށް ދިމާނުވާ ކަމަށާއި މިކަމުގައި އޮޅުވާލުންތަކެއް އުޅޭކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ