
ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން އެއްވާ މީހުން ބަންދުގައި ބައިތިއްބަން މުއްދަތު ނުޖެހޭނެ - ޔާމީން
# ޕީޕީއެމް# އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްFfID4YDakAAwRkV
ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ރައްޔިތުންނަށް ތަންތަނަށް އެއްވެވޭނެ ކަމަށާއި އެފަދަ ފަރާތްތައް ހައްޔަރުކޮށް ބަންދުގައި ބައިތިއްބަން މުއްދަތު ނުޖެހޭނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ހއ އިހަވަންދޫގައި ރޭ އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަން އޮންނަން ވާނެ ކަމަށާއި ފުލުހުން ނިކުމެ ހިންގާ ކަމަކާ ނުބައްދަލު ބާރު ބޭނުންކޮށް، ކަރުނަ ގޭސް ޖަހައިގެން މީހުން ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
އަދި ޕީޕީއެމްގެ ސަރުކާރެއް ދެން އަތުވެއްޖެނަމަ ފުލުހުންނަށް އެގޮތަށް އަމަލުކުރަން ޖާގައެއް ނޯންނާނެ ކަމަށާއި މިއީ ދޭ އިންޒާރެއް ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ސުލްހަވެރިކަމާއެކު ރައްޔިތުން އަޑު އުފުލާނަމަ އެކަމަށް ޖާގަ އޮންނާނެ ކަމަށާއި އެމީހުން ހައްޔަރުކޮށް ބަންދުގައި ބައިތިއްބަން މުއްދަތު ޖެހުން ބަލައިނުގަނެވޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"ފަނޑިޔާރުންނަށް ދަންނަވާލަން އޮތީ މިއީ ބޮޑެތި މުޖްރިމުން ހެއްޔޭ. ތަނަކަށް އެއްވެ މީހުން ހިޔާލުފާޅުކުރަނީ ސަރުކާރުން ކުރާ ކަންތައްތަކާ ދެކޮޅަށް. އެއީ ހައްގު ކަމެކޭ އެއީ ކުރެވޭނެ ކަމެކޭ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މުއްދަތު ޖަހަން ޖެހޭނީ ބޮޑެތި ކުށްތައް ކުރާ މީހުންނަށް ކަމަށާއި އެހެން މީހުންނަކީ ބަންދުގައި ބައިތިއްބަން މުއްދަތު ޖެހޭނެ ބައެއް ނޫން ކަމަށެވެ. އެގޮތުން މިކަން ގާނޫނުން ކަށަވަރު ކުރާނެ ކަމަށާއި އަމުދުން ސިޔާސީ ހަރަކާތުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ނިކުންނަ މީހުންނަށް ބަންދުގެ މުއްދަތު ޖެހުން ބަލައިނުގަނެވޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު އެތައް އަހަރެއް ވަންދެން މީހުން ބަންދުގައި ބޭތިއްބުމަކީ ބޭ އިންސާފެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އަދި ޕީޕީއެމަށް ދެން ވެރިކަން ލިބިއްޖެނަމަ ވެރިކަމުގެ ފުރަތަމަ 10 ދުވަހު އެފަދަ އެންމެން މިނިވަން ކުރާނެ ކަމަށް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ގުޅުންހުރި

ޕީޕީއެމް އުވާލަށް ނިންމައިފި

ޕީޕީއެމް އެތެރޭގެ އިންތިޚާބުގައި ތިނަދޫގައި ވޯޓު ކަރުދާސް ޕްރިންޓުކޮށް އިންތިޚާބު އޮޅުވާލިކަމުގެ ތުހުމަތުތަކެއް

ޕީޕީއެމްގެ އިންތިހާބަކީ ރާއްޖޭގައި ސިޔާސީ މިނިވަންކަން އޮތްކަމުގެ ހެއްކެއް - ފައްޔާޒު
