logoEN
cocacola
ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް

ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް

އަލްފާ އަލީ

logo

11/1/2022, 1:50:32 PM

# ރިޔާސީ އިންތިޚާބު 2023# ބަޖެޓް 2023# އިލެކްޝަންސް ކޮމިޝަންސް

298435_3_20576834ae7c180b4825c4af7470d36bad743981_large

2023ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.

ގޮސިޔާ

އަންނަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑއަޅާފައިވާއިރު، މިއީ އިލެކްޝަންސް ކޮމިޝަނުން މި އިންތިހާބަށް ހަރަދުވާނެކަމަށް ލަފާކޮށްފައިވާ އަދަދަށްވުރެ ކުޑަ އަދަދެކެވެ. އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 120 މިލިއަން ރުފިޔާއެވެ. އެއީ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އެކަމަށްވެސް 25 މިލިއަން ރުފިޔާވެސް ހިމަނައިގެންނެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓާ އަދި އާންމުކޮށް ދިވެހިން ދިރިއުޅޭ ގައުމުތަކުގައި ވެސް ދިވެހިންނަށް ވޯޓު ލެވޭނެ އިންތިޒާމުތައް ހަމަޖައްސާއިރު އެ ކޮމިޝަނުން ބުނާގޮތުގައި، އިންތިޚާބުގައި އެންމެ ބޮޑު ޚަރަދެއް އާންމުކޮށް ހިނގަނީ ދަތުރުފަތުރަށެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ކުރަންޖެހޭ ދަތުރުތަކަކީ ހިނގާނެ އެންމެ ބޮޑު ޚަރަދުތަކުގެ ގޮތުގައި ކޮމިޝަނުން ވިދާޅުވެއެވެ.

ރިޔާސީ އިންތިހާބަށް އޮފިޝަލުން ތަމްރީނުކޮށް އެމީހުންނަށް އެލަވަންސް ދިނުމާއި، ވޯޓު ކަރުދާސް ޗާޕުކުރުމަކީ އިންތިހާބުގައި ހިނގާނެ ބޮޑެތި ހަރަދުތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ