![ދެވަނަ ދައުރު ރައީސް ކާމިޔާބުކުރައްވާނީ 56 އިންސައްތައަށްވުރެ މަތިން - ފައްޔާޒް](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F09%2Fphoto_2023-09-02-03.09.35.jpeg&w=3840&q=75)
ދެވަނަ ދައުރު ރައީސް ކާމިޔާބުކުރައްވާނީ 56 އިންސައްތައަށްވުރެ މަތިން - ފައްޔާޒް
# ރިޔާސީ އިންތިޚާބު 2023photo_2023-09-02 03.09.35
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރު ކާމިޔާބު ކުރައްވާނީ 56 ޕަސެންޓަށް ވުރެން މަތިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން, ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ފައްޔާޒް މިހެން ވިދާޅުވީ، މާލޭގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ފައްޔާޒް ވިދާޅުވީ މި ކެމްޕޭންގައި އޭނާ ބަލަހައްޓަވާ ޑޭޓާތަކުން ނަތީޖާ ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި، ރައީސް ސޯލިހް މި އިންތިޚާބު އެއް ބުރުން އިންތިހާބު ކާމިޔާބު ކުރައްވާނީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ.
"މި ކެމްޕޭނުގައި އެ ބުނާ ޑޭޓާ ބަލަހައްޓާ ކުއްޖަކީ އަޅުގަނޑު. ތި ބޭފުޅުންނަށް ޔަގީންކަމާއި ކަށަވަރުކަމާ އެކީގައި މި ދަންނަވަނީ 56 ޕަސެންޓަށް ވުރެން އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ތިރިއެއް ނުވާނެކަން," ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފައްދައި އިންތިހާބަށް ނުކުމެވަޑައިގެން ކުރައްވާ މަސައްކަތަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، އެއީ އަމިއްލަ އެދުމުގައި ނުކުމެ އަނިޔާވެރިކަން އިޔާދަކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
"ވެރިކަން ނުލިބުނީމާ ނޫނީ ވެރިކަމުގެ ބޭނުމުގައި ނޫނީ ސަރުކާރުގައި ބޭނުންވާ ވަރަށް ސަރުކާރުގައި ބައިވެރިނުވެވުނީމާ އެއީ ދެން ތިބި ރައްޔިތުންނަށް އޭގެ ހަސްކާ ދޭން ޖެހޭ ކަމެއް ނޫން," ފައްޔާޒް ވިދާޅުވި އެވެ.
އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އަށް މި އިންތިޚާބުން ލިބިވަޑައިގަންނަވާނީ ހަތަރު ވަނަ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ގުޅުންހުރި
![އެއަރޕޯޓް ތަރައްޤީކޮށް، މާވާރުލާއި ގައްދޫ ބުރިޖަކުން ގުޅާލާނަން - ނާޒިމް](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F09%2FF5M0X4nagAAf_xT.jpg&w=3840&q=75)
އެއަރޕޯޓް ތަރައްޤީކޮށް، މާވާރުލާއި ގައްދޫ ބުރިޖަކުން ގުޅާލާނަން - ނާޒިމް
![ރިޔާސީ އިންތިޚާބު 2023: ވޯޓިންގ ބޫތު ހުންނަން ޖެހޭނީ، ވޯޓުލާ މީހާ އޮފިޝަލުންނާއި އޮބްޒާވަރުންނަށް ފުރަގަހުން ފެންނަ ގޮތަށް](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F09%2FF5K_q9GbIAA1fiM.jpg&w=3840&q=75)
ރިޔާސީ އިންތިޚާބު 2023: ވޯޓިންގ ބޫތު ހުންނަން ޖެހޭނީ، ވޯޓުލާ މީހާ އޮފިޝަލުންނާއި އޮބްޒާވަރުންނަށް ފުރަގަހުން ފެންނަ ގޮތަށް
![ޔާމީންގެ ވެރިކަމުގައި ނުހައްގުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ - މުއިއްޒު](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F09%2FIMG_2337.jpg&w=3840&q=75)
ޔާމީންގެ ވެރިކަމުގައި ނުހައްގުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ - މުއިއްޒު
![ދެވަނަ ދައުރު ރައީސް ކާމިޔާބުކުރައްވާނީ 56 އިންސައްތައަށްވުރެ މަތިން - ފައްޔާޒް](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F09%2Fphoto_2023-09-02-03.09.35.jpeg&w=3840&q=75)