
ޔާމީންގެ ވެރިކަމުގައި ނުހައްގުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ - މުއިއްޒު
# ރިޔާސީ އިންތިޚާބު 2023Muizzu
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނުހައްގުން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ، ސަންގު ޓީވީން ގެނެސްދިން ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އެއްވެސް ބޭފުޅަކު ގާނޫނާއި ހިލާފަށް ހައްޔަރުކޮށް ބަންދުކޮށް އަދަބު ދީފައި ނުވާނެ ކަމަށެވެ.
"ގާނޫނީ އުސޫލުތަކުގެ ތެރެއިން ޝަރުއީ ދާއިރާ އިން ނޫން ގޮތަކަށް އެއްވެސް ކަމެއް ކުރެވިފައެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ފެންނާނީ އަދުލުވެރިކަން ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރި މީހެއް ވިޔަސް އަދި އާންމު ރައްޔިތަކަށް ވިޔަސް ތަފާތެއް ނޯންނާނެ ކަމަށެވެ. އެގޮތުން ކުށެއް ކޮށްފިއްޔާ ގާނޫނުގައި އޮންނަ ގޮތަށް އަދަބު ދޭނެ ކަމަށާއި އޭނާގެ ވެރިކަމުގައި ބަދަލުހިފުމުގެ ރޫހާއި މިހާރު ފެންނަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ މިނިވަން ކުރެވޭނެ ކަމަށާއި މިހާރު ފެންނަ ގޮތަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެވި މިނިވަން އިންސާފުވެރި ޝަރުއީ ދާއިރާއެއް ފެންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
އޭރުން ކޮންމެ މީހަކު ކުށެއް ކުރި ނަމަވެސް އަދަބު ލިބޭނީ ކުށަށް ކަމަށާއި މީހަކަށް ބަލައިގެން އަދަބު ދިނުން ނިމުމަކަށް އަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގުޅުންހުރި

އެއަރޕޯޓް ތަރައްޤީކޮށް، މާވާރުލާއި ގައްދޫ ބުރިޖަކުން ގުޅާލާނަން - ނާޒިމް

ރިޔާސީ އިންތިޚާބު 2023: ވޯޓިންގ ބޫތު ހުންނަން ޖެހޭނީ، ވޯޓުލާ މީހާ އޮފިޝަލުންނާއި އޮބްޒާވަރުންނަށް ފުރަގަހުން ފެންނަ ގޮތަށް

ޔާމީންގެ ވެރިކަމުގައި ނުހައްގުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ - މުއިއްޒު
