![އެއަރޕޯޓް ތަރައްޤީކޮށް، މާވާރުލާއި ގައްދޫ ބުރިޖަކުން ގުޅާލާނަން - ނާޒިމް](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F09%2FF5M0X4nagAAf_xT.jpg&w=3840&q=75)
Nazim
ގދ. ގައްދުއި މާވަރުލު ބުރިޖަކުން ގުޅާލާ، މާވަރުލު އެއަރޕޯޓު އިތުރަށް ތަރައްޤީކުރައްވާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ގދ. ގައްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މާވަރުލުގައި އޮތް އެއަރޕޯޓު ތަރައްޤީކޮށް، އެއަރޕޯޓާއި ގައްދޫގެ އިޤުތިޞާދު ގުޅުވާލެވިގެން މެނުވީ، ގައްދޫއަށް ތަރައްޤީ ނުގެނެވޭނެކަމަށެވެ. ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މާވަރުލު އެއަރޕޯޓަށް ޖައްސާ ފްލައިޓުގެ ޢަދަދު އިތުރު ކުރާނެކަމަށާއި، އެ ރަށުގައި ސިޓީ ހޮޓަލެއްވެސް އަޅާދެއްވާނެކަމަށެވެ. އަދި ގައްދުއި މާވަރުލު އެއަރޕޯޓު، ބްރިޖަކުން ގުޅާލަދޭނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރެއްގައި މާވަރުލު އެއަރޕޯޓަށް ޖައްސާ ފްލައިޓުގެ އަދަދު އިތުރު ކުރާނަން. އެ ތަނުގައި ސިޓީ ހޮޓާ އަޅާނަން. އަދި މާވަރުލު އެއަރޕޯޓާއި ގައްދޫ ކޯޒްވޭ އާއި ބުރިޖުން ގުޅާލާނެ ވާހަކަ ދަންނަވާލަން." ނާޒިމް ވިދާޅުވިއެވެ.
ގައްދޫގެ ކުރިއެރުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ގައްދޫގައި އާބަން ސެންޓަރެއް ޤާއިމްކޮށްދެއްވާނެކަމަށެވެ. އަދި ގައްދޫގެ ބިން ހިއްކާ، އާބާދީ ބޮޑުކޮށް، ރަށުގައި ދެވޭ ޚިދުމަތްތައް ފުޅާކޮށްދެއްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ހަމައެހެންމެ، ގައްދޫ ރައްޔިތުންނަކީ ދަނޑުވެރިކަން ކުރާ ބައެއް ކަމަށް ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ގަމަކީ ގައްދޫގެ ރައްޔިތުންނަށް ދަނޑުވެރިކަން ކުރެވޭނެ ރަށަކަށް ހައްދަވާދެއްވާނެކަމަށެވެ.
މީގެ އިތުރަށް، ގައްދުއާއި މާވަރުލު ގުޅާލުމާއިއެކު، މާވަރުލުގައި ތެޔޮ ރައްކާކުރެވޭނެ ކާރުޚާނާއަކާއި، ގައްދޫގައި ގިނަ ދުވަހަށް މަސް ބަނދުކޮށްފައި ބެހެއްޓޭނެހެން ކާރުޚާނާއެއް ޤާއިމްކޮށްދެއްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި ތަޢުލީމީ ދާއިރާއަށް އަލިއަޅުވާލަމުން ނާޒިމް ވަނީ ގައްދޫގައި ޖޫނިއަރ ކޮލެޖެއް އަޅާދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.
ގުޅުންހުރި
![އެއަރޕޯޓް ތަރައްޤީކޮށް، މާވާރުލާއި ގައްދޫ ބުރިޖަކުން ގުޅާލާނަން - ނާޒިމް](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F09%2FF5M0X4nagAAf_xT.jpg&w=3840&q=75)
އެއަރޕޯޓް ތަރައްޤީކޮށް، މާވާރުލާއި ގައްދޫ ބުރިޖަކުން ގުޅާލާނަން - ނާޒިމް
![ރިޔާސީ އިންތިޚާބު 2023: ވޯޓިންގ ބޫތު ހުންނަން ޖެހޭނީ، ވޯޓުލާ މީހާ އޮފިޝަލުންނާއި އޮބްޒާވަރުންނަށް ފުރަގަހުން ފެންނަ ގޮތަށް](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F09%2FF5K_q9GbIAA1fiM.jpg&w=3840&q=75)
ރިޔާސީ އިންތިޚާބު 2023: ވޯޓިންގ ބޫތު ހުންނަން ޖެހޭނީ، ވޯޓުލާ މީހާ އޮފިޝަލުންނާއި އޮބްޒާވަރުންނަށް ފުރަގަހުން ފެންނަ ގޮތަށް
![ޔާމީންގެ ވެރިކަމުގައި ނުހައްގުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ - މުއިއްޒު](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F09%2FIMG_2337.jpg&w=3840&q=75)
ޔާމީންގެ ވެރިކަމުގައި ނުހައްގުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވޭ - މުއިއްޒު
![ދެވަނަ ދައުރު ރައީސް ކާމިޔާބުކުރައްވާނީ 56 އިންސައްތައަށްވުރެ މަތިން - ފައްޔާޒް](/_next/image?url=%2Fsikundi-content%2Fuploads%2F2023%2F09%2Fphoto_2023-09-02-03.09.35.jpeg&w=3840&q=75)