logoEN
cocacola
އަންނަ އަހަރުތެރޭ ބޭރު ފައިސާއަށް ދަތިނުވާނެ މިންވަރަށް ހުންނާނެ - އަމީރު

އަންނަ އަހަރުތެރޭ ބޭރު ފައިސާއަށް ދަތިނުވާނެ މިންވަރަށް ހުންނާނެ - އަމީރު

އައިޝަތު އިފާޝާ

logo

10/31/2022, 1:45:26 PM

# ފިނޭންސް މިނިސްޓްރީ# އިބްރާހިމް އަމީރު

ssw9y4JWHJFkWnNuACm2BGRSL0ji59OGINIGOxVV

ރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓި، އިޤްތިސާދީ މަސައްކަތްތަކަށް ބޭނުންވާ ބޭރު ފައިސާގެ ސަޕްލައި ދަތިނުވާނެ މިންވަރަށް އަންނަ އަހަރުތެރޭވެސް ހުންނާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ، އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ. މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ސިޔާސަތުތައް ބެލެހެއްޓުމުގެ އެންމެ މުހިއްމު އެއް ބަހާއަކީ ރާއްޖޭގެ ރަސްމީ ރިޒާވްކަމަށެވެ. އިޤްތިސާދީ ހަރަކާތްތައް ހަލުވިވެ، އިމްޕޯޓް އިތުރުވެފައިވާއިރު، އަދި އިމްޕޯޓް މުދަލުގެ އަގުތައް، ވަކިން ޚާއްސަކޮށް ތެލުގެ އަގު، މަތިވފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މި ސަބަބަކީ ނަތީޖާއެއްގެ ގޮތުން ކުރުމުއްދަތުގައި ރަސްމީ ރިޒާވް އިތުރުކުރުމަށް ހުރަސްތަކެއް އެބަހުރިކަމާއި މި ހާލަތުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު، ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"2022 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނެކަމަށް ބެލެވެނީ 638 މިލިއަން އެމެރިކާ ޑޮލަރުގައި، އަދި 2023 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެކަމަށް ބެލެވެނީ 606 މިލިއަން އެމެރިކާ ޑޮލަރުގައި، މި މިންވަރުގައި ރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓި، އިޤްތިސާދީ މަސައްކަތްތަކަށް ބޭނުންވާ ބޭރު ފައިސާގެ ސަޕްލައި ދަތިނުވާނެ މިންވަރަށް ހުންނާނެ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން މިނިސްޓަރ އަމީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު ކުރިއަރަމުން އަންނަނީ ދުނިޔޭގެ އިޤްތިސާދީ ދުވެއްޔަށްވުރެ ހަލުވި މިނެއްގައި ކަމަށެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ދުނިޔޭގެ އިޤްތިސާދާމެދު ދެކެނީ ބަނަކޮށް އަދި ޔަޤީންކަން ކުޑަކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ އިޤްތިސާދުގެ ވާހަކަ ތަފާތުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤްތިސާދީ ކަންކަން މެނޭޖްކުރުމުގައި ރާއްޖޭގެ އިޤްތިސާދުގެ ވިންދު ދަމަހައްޓައި، ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގެ ދިރުން މަތިކުރުމަށް މަސައްކަތް ކުރެވޭ، ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި، ސިނާއަތްތަކުގެ ކުރިއެރުން 2021 ވަނަ އަހަރު ބޮޑުތަނުން އިތުރުވެފައިވޭ، އަދި 2022 ވަނަ އަހަރުވެސް މި ދަނީ އެއްވާނެއްގައި މައްޗަށް،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދާއި ސިނާއަތްތަކުގެ ކުރިއެރުން ފަހިކޮށް ހުރިކަމުގައި ވީނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް ހުރީ އުފުލިފައެވެ. ސަބްސިޑީ އާއި ސަރުކާރުގެ އެކި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އިންފްލޭޝަންގެ އިޙްސާސް ވަނީ ކުޑަކުރެވިފައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިފަދަ ސިޔާސަތުތަކަކީ މިގޮތަށް ދާއިމީގޮތެއްގައި ކުރިއަށްގެންދެވޭނެ، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ނޫންކަމަށެވެ.

2023 ވަނަ އަހަރު އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ބެލެވެނީ 5.4 އިންސައްތައިގައެވެ. ނަމަވެސް މެދުރާސްތާގައި އިންފްލޭޝަންގެ އަސަރު ކުޑަކުރެވޭނެކަމަށްވެސް މިނިސްޓަރ އަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ