logoEN
cocacola
އާރްޓީއެލްގެ ޚިދުމަތް ހުވަދޫ އެކުގައި އަމުނާ ގަތާލުމަށް މަސައްކަތް ފެށިއްޖެ - އަމީރު

އާރްޓީއެލްގެ ޚިދުމަތް ހުވަދޫ އެކުގައި އަމުނާ ގަތާލުމަށް މަސައްކަތް ފެށިއްޖެ - އަމީރު

# އިބްރާހިމް އަމީރު# އާރްޓީއެލް

FgXt4CVUAAEjzIh

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތްތައް ހުވަދު އަތޮޅަށް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.

އަތްފޯރާ ފަށުގައި ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތް ލިބޭނެ ގޮތް ހެދުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ޓްރާންސްޕޯޓު ސަބްސިޑީގެ ގޮތުގައި 300.6 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރަށްރަށާއި މީހުން ގުޅިފައި އޮތުމަކީ ސަރުކާރުން ތަސައްވުރުކުރާ ޖަޒީރާ ތަރައްގީގެ މުހިއްމު އުންސުރެއް ކަމަށާއި އެގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކުން ހަގީގަތަކަށް ހަދައިދެނީ އެ ތަސައްވުރު ކަމަށެވެ. އާރު.ޓީ.އެލްގެ ހިދުމަތާއިއެކު ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެވިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

“ފަސޭހަކަމާއެކު، ބާރަށް ދުވާ ފެރީގެ ނިޒާމަކުން މުޅިރާއްޖެ ގުޅުން ކޮންމެހެން މުހިންމު. ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އާރު.ޓީ.އެލް.ގެ އުޅަނދުފަހަރު، މުޅި ހުވަދޫ އެކުގައި އަމުނާ، ގަތާލުމަށް ކުރަންޖެހޭ ކަންކަން ފެށިއްޖެ. ހަމައެއާއެކު، އާރު.ޓީ.އެލުން އީކުއޭޓަރ ހުރަސްކޮށް ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫ އެކުގައި ގުޅައިލެވޭނެ. އަދި މުޅި ރާއްޖެ އެކުގައި ދަތުރުފަތުރުގެ ބޮޑު ވިއުގައަކުން ލާމަހާލެވޭނެ،” އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކަނޑު ދަތުރުފަތުރުގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ލުއިފަސޭހަވެސް ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ގްރޭޓާ މާލޭގެ އެއްގަމު ދަތުރުފަތުރަށް ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މާލޭގެ އެތެރޭގައި މިނީބަހުގެ ހިދުމަތް ފެށިގެން އެބަހިނގާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލެ އާއި ހުޅުމާލެވެސް ބަހުގެ ހިދުމަތުން ގުޅާލެވިފައިވާ ކަމަށާއި ގްރޭޓާ މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ލާމު އަތޮޅުގައިވެސް ބަހުގެ ހިދުމަތްތައް ފެށިފައިވާ ކަމަށެވެ.

އާރްޓީއެލް ފެރީގެ ސަބަބުން މީގެކުރިން 1500 ރުފިޔާ އާއި 2000 ރުފިޔާ އަށް ކުރި ދަތުރު 60 ރުފިޔާ އަށް އަދި 100 ރުފިޔާ އަށް ވަނީ ތިރިވެފައެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ 3 ޒޯންއާއި 6 ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. އެގޮތުން ފެރީ ނެޓްވޯކްއިން 6 ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ.

އާރުޓީއެލް ރަސްމީކޮށް ފަށާފައިވަނީ މި އަހަރުގެ ޖޫން މަހުއެވެ. އެ މަޝްރޫއުގެ ފުރަތަމަ ފޭސް އެކެއްގައި ހިމެނެނީ ހއ، ހދ، އަދި ށ، އަތޮޅުގެ 41 ރަށެކެވެ.

މި މަޝްރޫއު އަކީ ގާތްގަނޑަކަށް 800 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއު ނިމުމުން ދަތުރުފަތުރުގެ ނިޒާމުގައި ބޭނުން ކުރުމަށް 80 ވަރަކަށް ލޯންޗު ބޭނުން ކުރެވިގެން ދާނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ