logoEN
Sto top
ތ. އަތޮޅު އާރް.ޓީ.އެލް ފެރީގެ އަގުތައް ކަނޑައަޅައި އާންމުކޮށްފި

ތ. އަތޮޅު އާރް.ޓީ.އެލް ފެރީގެ އަގުތައް ކަނޑައަޅައި އާންމުކޮށްފި

އަހުމަދު ޝުރާއު

logo

10/1/2025, 10:42:41 AM

# އާރްޓީއެލް

-

ތ. އަތޮޅުގައި ދެމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތުގެ އަގުތައް، ކަނޑައަޅައި އާންމުކޮށްފި އެވެ.

Wamco

މި އަގުތައް މިއަދު އާންމުކޮށް ގެޒެޓުކުރީ ޓްރާންސްޕޯޓު މިނިސްޓްރީންއެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާރްޓީއެލްގެ ދަތުރުތަކަށް އަގުނެގުމަށް ވަނީ ނިންމާފައި އެވެ.

މިއަދު ސަރުކާރުން އާންމުކުރި އަގުތަކަށް ބަލާއިރު އެންމެ އަގުބޮޑުކޮށް ދެކޮޅު ޓިކެޓު އުޅެނީ 225 ރުފިޔާއަށެވެ. އަދި އެންމެ އަގު ހެޔޮކޮށް ދެކޮޅު ޓިކެޓު އުޅެނީ 65 ރުފިޔާއަށެވެ.

އާރް.ޓީ.އެލް ފެރީގެ ޓިކެޓު ނެގުމުގެ އިންތިޒާމު މިހާރު ވަނީ އާރް.ޓީ.އެލް މޯބައިލް އެޕްލިކޭޝަން އަދި ވެބް ޕޯޓަލް (rtl.mv/#/home) މެދުވެރިކޮށް ހަމަޖައްސާފައި އެވެ.

އާރް.ޓީ.އެލް ފެރީގެ ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން ކުރަމުންދާ ހިލޭ ދަތުރުތައް، 2025 އޮކްޓޫބަރު 02 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެއަށްފަހު، 2025 އޮކްޓޫބަރު 04 ވާ ހޮނިހިރު ދުވަހުން ފެށިގެން ތ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ދަތުރު ކުރާނީ ކަނޑައެޅިފައިވާ އަގުތަކަށް ފައިސާ ނަގައިގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC