
-
ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ފެރީ ޚިދުމަތް ޒޯން 4 ގެ ތ. އަތޮޅުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ވޭމަންޑޫގައި މިރޭ އޮތް ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއ،ި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީ އާއި އަތޮޅު ކައުންސިލްގެ ރައީސް އާއި ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން، އަދި ސަރުކާރުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
އާރްޓީއެލްގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން މިއަދު ބުނީ ޒޯން 4 ގެ ތ. އަތޮޅުގައި އާރްޓީއެލްގެ ފެރީ ޚިދުމަތް ހަފުތާއަކު ހަ ދުވަހު، އާރްޓީއެލް ބްރޭންޑްގެ 2 ސްޕީޑް ފެރީ މެދުވެރިކޮށް 5 ރޫޓަކުން ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން އާރްޓީއެލް ފެރީ ޚިދުމަތުގެ ޝެޑިއުލް އާރްޓީއެލް ވެބްސައިޓު އަދިޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ ކަންވެސް އެމްޓީސީސީން ވަނީ ފާހަގަކޮށްފައި އެވެ.
ތ. އަތޮޅުގައި މި ޚިދުމަތް ފެށިގެން ދިއުމާއެކު އެ އަތޮޅުގެ ރައްޔިތުންނަށް އިޤްތިސޯދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބ،ި އަތޮޅުގައި ދަތުރުފަތުރުގެ އިންޤިލާބީ އާ ބާބެއް ފެށޭނެކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައި އެވެ.
އާރްޓީއެލްގެ ފެރީތަކަކީ ޖުމުލަ 50 ފަސިންޖަރުންނަށް އަރާމުކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. މި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރީންނަކީ މި މަސައްކަތަށް ބޭނުންވާ ހާއްޞަ ތަމްރީންތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. އަދި މި އުޅަނދުތަކުގައި ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްޞަ ކުރެވިފައިވާ ވީލްޗެއާ ޖާގަ އާއި ސްޓްރެޗާ އަށް ހާއްސަ ޖާގަވެސް ހުންނާނެއެވެ،
އާރްޓީއެލްގެ ޚިދުމަތް ތ. އަތޮޅުގައި ފެށުމަށްފަހު ޖުމުލަ 12 އަތޮޅެއްގައި މިހާރު މި ޚިދުމަތް އެމްޓީސީސީން އަންނަނީ ދެމުންނެވެ. އެއ،ީ ޒޯން 1 ގެ ހއ،. ހދ،. ށ. އާއ،ި ޒޯން 2 ގެ ނ،. ރ،. ބ،. ޅ. އާއ،ިޒޯން 4 ގެ ތ. އާއި ޒޯން 5 ގއ،. ގދ. އަދި ޒޯން 6 ގެ ޏ،. ސ. އަތޮޅެވެ. މިހާރު މި ހިދުމަތް ނުފެށި ވަނީ އެންމެ 8 އަތޮޅެއްގައި އެވެ. އެމްޓީސީސީން މިއަދު ބުނީ އެއަތޮޅުތަކަށްވެސް ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.







