logoEN
cocacola
ކޮރަޕްޝަނާ ދެކޮޅަށް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެވިއްޖެ، އަދިވެސް ކުރަންޖެހޭ މަސައްކަތް ގިނަ - ރައީސް

ކޮރަޕްޝަނާ ދެކޮޅަށް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެވިއްޖެ، އަދިވެސް ކުރަންޖެހޭ މަސައްކަތް ގިނަ - ރައީސް

އައިޝަތު އިފާޝާ

logo

10/30/2022, 6:17:02 PM

# ކޮރަޕްޝަން# އިބްރާހިމް މުޙައްމަދު ސޯލިހު

260623_6490d835-d_

މިސަރުކާރަށް ހަތަރު އަހަރު ފުރިގެންދާއިރު، ކޮރަޕްޝަނާ ދެކޮޅަށް ކޮންމެވެސް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި، އަދިވެސް ކުރިން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެމަނިކުފާނު މިހެން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެެގޮތުން އެމަނިކުފާނު ވިދާޅުވީ، މިސަރުކާރުންް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް ވެބް ޕޯޓަލްއެއް ގާއިމުކޮށްފައިވާ ކަމަށެވެ.

މި ޕޯޓަލްގެ ބޭނުމަކީ، ދައުލަތުގެ މުއައްސަސާތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ރިޕޯޓްކުރަން ބޭނުންވާ މީހުންނަށް، އެއީ ކާކުކަން ނޭނގޭގޮތަށް، އެފަދަ މައްސަލަތައް ރިޕޯޓް ކުރުމުގެ ފުރުޞަތު އެންމެންނަށް ދިނުން. - ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޕޯޓަލް ގާއިމުކުރި ފަހުން، ޕޯޓަލް މެދުވެރިކޮށް، މިހާތަނަށް، 311 މައްސަލައެއް އޭ.ސީ.ސީ. އަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ރަށްރަށް ކުއްޔަށް ދިނުމާ ގުޅޭ މައްސަލަތަކާއި، ގޯއްޗާއި ފްލެޓް ދޫކުރުމާ ގުޅޭ މައްސަލަތައް، ބިން ކުއްޔަށް ދިނުމާ ގުޅޭ މައްސަލަތައް، ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް، މުސާރައާއި ޢިނާޔަތްތަކާ ގުޅޭ މައްސަލަތަކާއި، އެނޫން މައްސަލަތައްވެސް ހިމެނޭ ކަމަށެވެ.

އޭގެ ތެރެއިން 146 މައްސަލައަކީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ގުޅުންއޮތް މައްސަލަތައް. ޙަޤީޤަތުގައިވެސް މިއިން ދޭހަކޮށްދެނީ ކޮންމެވެސް ކަމެއް، ކޮންމެވެސް ހިސާބެއްގައި ހިނގާކަން. އަޅުގަނޑު މި ދެންނެވީ އެންމެން މީގެ ތެރޭގައި، މި ފަސާދައިގެ ތެރޭގައި ހިމެނިފައި ތިބި ވާހަކައެއް ނޫން. - ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތާއި، އެފަދަ މައްސަލަތައް ރިޕޯޓްކުރާ މީހުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ބަޔާންކުރާ ޤާނޫނެއްވެސް އެމަނިކުފާނުގެ ދައުރުގައި ތަސްދީޤުކޮށްފައިވާ ކަމަށް ރައީސްް ސޯލިހު ވިދާޅުވިއެވެ.

އޭގެ އިތުރުން ރިޝްވަތާއި، ނުޙައްޤުން މުއްސަނދިކަން ހޯދައި ލިބިގަތުމުގައި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމަކީ، ޖިނާއީ ކުށެއްކަމަށް ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅާފައިވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އުނދަގޫ ކަމެއް އެވެސް ކުރަން. އެކަމާ އިދިކޮޅު ހެދި މީހުންވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބި. އެހެންނަމަވެސް އިރާދަކުރެއްވީތީ، މިހާރު އެ ސްޓޭޖް އެއޮތީ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވިފައި. އެ އިޞްލާޙުތައް ހިމަނައިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުވެސް މިހާރު އެއޮތީ އިޞްލާޙުކޮށްފައި. - ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެމަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ މިނިވަން މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލަތައް ބަލައި، އެފަދަ މައްސަލަތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަޙުޤީޤަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ