
ގައުމު ވިއްކަނީއޭ އިދިކޮޅުން ކިޔަނީ މިސަރުކާރުން ގެންނަމުންދާ ތަރައްގީގެ ސަބަބުން - މަޙްލޫފް
# އަޙްމަދު މަޙްލޫފްFgLZZIhVIAA4Cuk
އިދިކޮޅު ފަރާތްތަކުން، ގައުމު ވިއްކަން އުޅޭ ކަމަށްބުނެ ވާހަކަ ދައްކަމުންދަނީ މި ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްްގީއާ ގުޅޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިހެން ވިދާޅުވީ، ނ މަގޫދޫ ކައުންސިލް ބައި-އިލެކްޝަންގެ ކެމްޕެއިން އަށް ރޭ އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. މަހްލޫފް ވިދާޅުވީ، ޗާގޯސްގެ މައްސަލަ ނިމިފައިވާތާ އެެތަކެއް ޒަމާނެއް ވެފައިވާ ކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
"ތަފާތުނުކޮށް ރައްޔިތުންނަށް މި ގެނެސްދޭ ތަރައްގީއާ ބެހޭގޮތުން ދައްކާނެ ވާހަކަ ނެތުމުން ދެން އަޅުވަނީ ލާދީނީއޭ، ގައުމު ވިއްކަނީއޭ. އެ ލާދީނީ ވާހަކަވެސް އެމްޑީޕީ އަށް ގޮވަން އުޅުނު އެކަކު ނޫންތޯ އަޅުގަނޑަކީ ވެސް. އެއީ ސިޔާސީ ވާހަކައެއް. އެއީ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ވަކި ގޮތަކަށް ރޭވިގެން ކުރެވޭ ކަންކަން." މަހްލޫފް ވިދާޅުވި އެވެ.
ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އ.ދ އިން ފާސްކުރި ގަރާރާ ދެކޮޅަށް މީގެކުރިން ރާއްޖެއިން ވޯޓު ދިން ނަމަވެސް އެ ނިންމުން ކުއްލިއަކަށް ބަދަލުކުރުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ.
ނަމަވެސް ސަރުކާރުން ވަނީ މިއީ ތަފާތު ދެ މައްސަލައެއް ކަމަށާއި އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިން ނަމަވެސް ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެކަން މޮރިޝަސް ސަރުކާރަށް ވެސް އަންގާފައިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ގުޅުންހުރި

ގައުމު ވިއްކަނީއޭ އިދިކޮޅުން ކިޔަނީ މިސަރުކާރުން ގެންނަމުންދާ ތަރައްގީގެ ސަބަބުން - މަޙްލޫފް

ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އަދިވެސް ގިނަ މަސައްކަތްތަކެއް އެބަހުރި - މަހުލޫފު

ރަށްރަށުގައި އިރުއޮއްސުމުން ޒުވާނުން ކުރާނެ އެއްވެސް ކަމެއް ނެތް - މަޙްލޫފްް
