logoEN
cocacola
ރަށްރަށުގައި އިރުއޮއްސުމުން ޒުވާނުން ކުރާނެ އެއްވެސް ކަމެއް ނެތް - މަޙްލޫފްް

ރަށްރަށުގައި އިރުއޮއްސުމުން ޒުވާނުން ކުރާނެ އެއްވެސް ކަމެއް ނެތް - މަޙްލޫފްް

އައިޝަތު އިފާޝާ

logo

10/20/2022, 8:19:54 AM

# އަޙްމަދު މަޙްލޫފް# ޔޫތު މިނިސްޓަރ

FfaBPMPacAAQJK-

ރަށްރަށުގައި އިރުއޮއްސުމުން ޒުވާނުން ކުރާނެ އެއްވެސް ކަމެއް ނެތް ކަމުގައި ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މަޙްލޫފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްްޔެ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މަޙްލޫފް ވިދާޅުވީ، ރަށްރަށަށް ދަތުރުކޮށްލުމުން މާލޭގައި ގާއިމުކުރެވިފައި ހުރި ވަސީލަތްތަކާ އަޅާ ބަލާއިރު ރަށްރަށުގައި އެއްވެސް ކަމެއް ނެތް ކަމަށާއި، އިރުއޮއްސުމުން ޒުވާނުން ކުރާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.

މަޙްލޫފް ވިދާޅުވީ، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ރަށްރަށަށް ގޮސް ކުރެވުނު ތަޖުރިބާ އަށް ބަލާއިރު، ޒުވާނުންނަށް އެންމެ ފުރަތަމަ ކޮށްދޭންވީ ކަމަކީ ކުޅިވަރު ކުޅެވޭނެ ގޮތްތަކެއް ފަހިކޮށްދެއްވުން ކަމަށެވެ.

ފުޓްސަލް އަދި ފުޓްބޯޅަ ދަނޑުތައް އަޅާތީ ފާޑުކިޔުންތައް ވެސް އަމާޒުވާކަން ފާހަގަކުރައްވަމުން މަހުލޫފް ވަނީ މާލޭގައި ހުންނަ މީހާ އަށް ގޮސް ފުޓްސަލް ކުޅެލެވޭތީ އެވާހަކަ އެހެން ބުނެލި ނަމަވެސް ރަށުގައި ހުންނަ މީހާ އަށް ފުޓްސަލް ދަނޑު ވެގެންދަނީ ބޮޑު ރަންގަނޑަކަށް ކަމަށްވެސް ވިދާޅުވެފަ އެވެ.

އަދި އެއީ ކުރާނެ ކަމެއް ނެތި އޮވެފައި ކުއްލިއަކަށް ގޮސް ފުޓްސަލް ދަނޑެއް އެޅުމުން އެތަނުގައި ކުޅެލަން ލިބޭތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މަހްލޫފް ވަނީ ޒުވާނުންނަށް ވަޒީފާއަށްވުރެ ކުޅިވަރު މުހިންމު ކަމަށާއި، ވަޒީފާއާ ދޭތެރޭ ޒުވާނުންނަށް ވިސްނެނީވެސް ކުޅިވަރު ކުޅުމަށްފަހު ކަމުގައި ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ