
mahey
ކެސިނޯ އެޅުމަށް ތާއީދު ނުކުރައްވާ ކަމަށާއި، އަދި އެކަމަށް ވަކާލާތުވެސް ނުކުރައްވާނެ ކަމަށް ޔޫތު މިނިސްޓަރ އަޙުމަދު މަޙުލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކެސިނޯ އެޅުމަށް ތާއީދު ނުކުރައްވާ ކަމަށާއި އަދި އެކަމަށް ވަކާލާތުވެސް ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން އަދި އެކަމަށް ވަކާލާތުކުރާ މީހެއްވެސްނޫން. އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއްވެސްނޫން. އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއްވެސްނެތް."- މަޙްލޫފް
މަހްލޫފް ވިދާޅުވީ، އިއްޔެ މަޖިލީހުގައި ދެއްކެވި ވާހަކައިން އޮޅުން އަރާފައިވާތީ އެކަމަށް މާފަށް އެދޭކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ، ދީނީ ގޮތުން ހިލާފު އުފެދިފައިވާ ކަންކަމުގައި ވާހަކަދައްކައިގެން ގޮތްތަކެއް ހޯދަން ދަސްކުރަން ޖެހޭ ކަމަށާއި، ރާއްޖޭގައި ކެސިނޯގެ ވާހަކަ ފެށިޔަސް ގޯސްވާ ކަމަށެވެ. އެފަދަ ކަންކަމަކީވެސް މަޝްވަރާކޮށްގެން ގޮތްތައް ހޯދެންޖެހޭ ކަންކަން ކަމަށް މަހްލޫފް ވަނީ އިއްޔެ ވިދާޅުވެފައެވެ.
ގުޅުންހުރި

ގައުމު ވިއްކަނީއޭ އިދިކޮޅުން ކިޔަނީ މިސަރުކާރުން ގެންނަމުންދާ ތަރައްގީގެ ސަބަބުން - މަޙްލޫފް

ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އަދިވެސް ގިނަ މަސައްކަތްތަކެއް އެބަހުރި - މަހުލޫފު

ރަށްރަށުގައި އިރުއޮއްސުމުން ޒުވާނުން ކުރާނެ އެއްވެސް ކަމެއް ނެތް - މަޙްލޫފްް
