logoEN
Sto top
މާޓީގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ކޯޓަށް

މާޓީގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ކޯޓަށް

އައިޝަތު އިފާޝާ

logo

10/29/2022, 6:30:41 AM

# އަބްދުﷲ ރަޝީދު (މާޓީ)

madaveli ded | | 21995

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ ހޯނޑެއްދޫ، ސްވެން އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދަން އޭނާގެ އާއިލާއިން ކޯޓަށް މައްްސަލަ ހުށަހަޅައިފިއެވެ. އެމައްސަލައިގެ އަޑުއެހުން މިއަދު މެންދުރު ފަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

Wamco

އަބްދުﷲ ރަޝީދުގެ އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަަލައިގެ އަޑުއެހުން އޮންނާނީ މިއަދު މެންދުރުފަހު 2 ޖަހާއިރުއެވެ. މިއީ މިފަދަ މައްސަލައެއް ރާއްޖޭގެ ކޯޓަކަށް ހުށަހެޅުނު ފުރަތަމަ ފަހަރެވެ.

އާއިލާގެ ފަރާތުން ސިވިލް ކޯޓަށް މިމައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އަބްދުﷲ ރަޝީދުގެ ހަށިގަނޑު މާލެ ގެނެސް މިހާރު އޮތީ ގަލޮޅު ސަހަރާ މޯޗަރީގައެވެ. އާއިލާއިން ގެންދަނީ ޕޯސްްޓްމޯޓަމް ހެދުމަށް ދެކޮޅު ހަދައި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހަވާލުކޮށްދިނުމަށް ތަކުރާރުކޮށް އެދެމުންނެވެ. އެހެން ނަމަވެސް ފުލުހުންނާއި އެންއައިސީން ވަނީ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ބުނަމުންނެވެެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވީ ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގު ހިނގަމުންދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުންވެސްވަނީ ބުނެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside