logoEN
Sto top
މާޓީގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު!

މާޓީގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު!

އަހުމަދު ޝުރާއު

logo

10/26/2022, 9:04:32 AM

# އަބްދުﷲ ރަޝީދު (މާޓީ)

madaveli ded | | 21784

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެ ހަވީރު ނިޔާވި ސްވެން ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދު (މާޓީ) ގެ އޮޓޮޕްސީއެއް ފުލުހުން ހެދުމަށް ނިންމާފައިވާކަމަށް އިއުލާނުކުރި ނަމަވެސް މަޓީގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް އާއިލާއިން ދެކޮޅު ކަމަށް މާޓީގެ މަންމަ ބުނެފި އެވެ.

Wamco

ރޭ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހުރެ ގާފު ނޫހުގެ ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި މާޓީގެ މަންމަ ބުނީ ދަރިފުޅުގެ އޮޓޮޕްސީ ރިޕޯޓެއް ހެދުމަށް ނިންމާފައިވާކަން ފުލުހުން އާއިލާއަށް އަންގާފައި ނުވާކަމަށާއި އޮޓޮޕްސީ އެއް ހެދުމަށް ނިންމޭނީ އާއިލާގެ ރުހުން ލިބިގެން ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެގޮތުން ދަރިފުޅަށް އިތުރު އަނިޔާއެއް ދޭން ބޭނުންނުވާ ކަމަށާއި ދަރިފުޅުގެ އޮޓޮޕްސީ ހެދުމަށް ހުއްދަ ނުދޭނެކަން މާޓީގެ މަންމާ ބުންޏެވެ.

undefined

ގާފު ނޫހަށް އިންޓައިވިއު ދިންފަހުން ފުލުހުންގެ އޮފިސަރަކު ވަނީ މާޓީގެ މަންމައާއި ބައްްޕައާއި ބައްދަލުކޮށް އޮޓޮޕްސީއެއް ހެދުމުގެ ހުއްދައަށް އެދިފައި އެވެ. ނަމަވެސް އެހުއްދަ އާއިލާއިން ދީފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭގެ އިރާކޮޅު މިޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަބްދުﷲ ރަޝީދުގެ އޮޓޮޕްސީއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އާއިލާއިން މިކަމަށް ދެކޮޅު ހެދުމާއި އެކު އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ނެހެދުމަށް ނިންމާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އަދި މިހާތަނަށް ފުލުހުން މިކަމާއި ގުޅިގެން އެއްވެސް އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ތަހުލީލްތަކެއް ހެދުމަށް ފަހު މާޓީގެ ހަށިގަނޑު ރޭގެ ފަތިހުގެ ވަގުތެއްގައި ވަނީ މާލެ ގެންގޮސްފައި އެވެ. އާއިލާއިން މައުލޫމާތު ދޭގޮތުގައި މާޓީގެ ޖަނާޒާ އޮންނާނީ މާލޭގައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside